އިންޑިއާގެ އައު ސަފީރު ކަމަށް މ. ބީނާފުށި އާއިޝަތު އަޒީމާ ހަމަޖެއްސުމަށް މަޖިލީހަށް ފޮނުއްވައިފިއެވެ.
އެގޮތުން މިއަދު ކުރިއަށްދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 34 ވަނަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ސިޓީފުޅުގައި ވިދާޅުވެފައިވަނީ އިންޑިއާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނެވި ސަފީރު އިބްރާހިމް ސަހީބުގެ ބަދަލުގައި މ. ބީނާފުށި އައިޝަތު އަޒީމާ ހަމަޖެއްސުމާއިމެދު މަޖިލީހުގެ މަޝްވަރާއަށްފަހު ނިންމަވާގޮތެއް އަންގާލަދެއްވުމަށެވެ.
ރިޔާސަތުން އެކަން ވަނީ ޚާރިޖީ ގުޅުންތަކާއިބެހޭ ކޮމިޓީއަށް ފޮނުވާފައެވެ.
ރާއްޖެއިން ޗައިނާއަށް 2019 ވަނަ އަހަރު ކަނޑައެޅުއްވި ސަފީރުކަންވެސް ކުރައްވާފައިވާ އަޒީމާއަކީ އިންޑިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަންގައި ފަސްޓް ސެކްރެޓަރީކަންވެސް ކުރެއްވި ފަރާތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް