އިޒްރޭލުން ފަލަސްތީނުގެ ގާޒާގެ އަދި ވަޒަންވެރިކުރުވާފައިވާ ހުޅަނގު ބިތުގެ މުސްލިމުންނަށް ދެމުން އަންނަ ލާއިންސާނީ އަނިޔާތަކާއި ދެކޮޅަށް އަދާލަތު ޕާޓީއަށް ކުރެވެންހުރި ކަމެއް ކުރުމަށް އެ ޕާޓީން މިރޭ ގަރާރެއް ފާސްކޮށްފިއެވެ.
އެ ޕާޓީން މިރޭ ބުނެފައިވާގޮތުގައި އެ ގަރާރަކީ މިވަގުތު ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންގެންދާ އިންސާނީ ހައްގުތަކާ ހިލާފު ގައިރު ގާނޫނު އުވާންތަކުގައި ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށާއި، މި މައްސަލައާއިމެދު ދިވެހިން ހޭލުންތެރި ކުރުވުމަށާއި ފަލަސްތީނާއެކު ދިވެހިން ތިބިކަން ހާމަކުރުމަށް އެ ޕާޓީއަށް ކުރެވެންހުރި ކަންކަން ދެނެގަން އެކަންކަން ކުރުމަށް ގޮވާލާ ހުށަހެޅި ގަރާރެކެވެ.
އަދާލަތު ޕާޓީން ބުނެފައިވާގޮތުގައި އެ ގަރާރު ފާސްކޮށްފައިވަނީ އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ މިރޭގެ ކުއްލި ބައްދަލުވުމުގެ ބައިވެރިންގެ އިއްތިފާގުންނެވެ.
މި ގަރާރު ހުށަހެޅުއްވީ އެ ޕާޓީގެ އިސް ފަނޑިޔާރު ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ކަމަށާއި މި ގަރާރުގައި ހުށަހަޅާފައިވާ ކަންކަން ތަންފީޒު ކުރުމަށްޓަކައި ހަތް މެންބަރުންގެ ކޮމިޓީއެއްވެސް މިރޭގެ ބައްދަލުވުމުގައި ނަގާފައިވާކަމަށް އެ ޕާޓީން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް