ޣައްޒާއަށް ދިން ހަމަލާތަކާ ގުޅިގެން ނިއު ޔޯކްގައި މުޒާހަރާ ކުރަނީ

އިސްރާއީލުން ޣައްޒާއަށް ދިން ބޮމުގެ ހަމަލާތައް ހުއްޓާލުމަށާއި ފަލަސްތީނުގެ ބިންތައް މިނިވަން ކުރުމަށް ގޮވާލައި ނިއުޔޯކް ސިޓީގައި ހުކުރު ދުވަހު އެތައް ހާސް ބަޔަކު ވަނީ ނުކުމެ މަގުތައް ފުރާލާފައެވެ. އިޒ...

14 Oct 2023 | 16:50

އިސްރާއީލުން ޣައްޒާއަށް ދިން ބޮމުގެ ހަމަލާތައް ހުއްޓާލުމަށާއި ފަލަސްތީނުގެ ބިންތައް މިނިވަން ކުރުމަށް ގޮވާލައި ނިއުޔޯކް ސިޓީގައި ހުކުރު ދުވަހު އެތައް ހާސް ބަޔަކު ވަނީ ނުކުމެ މަގުތައް ފުރާލާފައެވެ.

އިޒްރޭލުން "ޖެނޯސައިޑް" ކުރާ ކަމަށް ތުހުމަތުކޮށް، މެދުއިރުމަތީގެ އެކުވެރިގައުމަށް އެމެރިކާއިން ކުރާ ތާއީދު އަނބުރާ ގެންދިއުމަށް ގޮވާލާފައިވާއިރު، މުޒާހަރާގެ އެކި އެކި ނަސްލުތަކުގެ މީހުން ވެސް ވަނީ ފަލަސްތީނުގެ ދިދަތަކާއި ކެފިއްޔާތައް ދައްކާލައިފަ އެވެ.

އެ މުޒާހަރާތަކުގެ ތެރޭގައި ޔަހޫދީ ވޮއިސް ފޯ ޕީސް އިން އިންތިޒާމުކޮށްގެން ބޭއްވި ހަރަކާތެއް ވެސް ހިމެނެ އެވެ.

ހަމާސްގެ ހަނގުރާމަވެރިން ޣައްޒާއިން އިސްރާއީލަށް އަރައިގަތުމުގެ ސަބަބުން 1300 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ އާންމުންނެވެ.

އިސްރާއީލުން އޭގެ ބަދަލުގައި ޣައްޒާގެ އާބާދީ ބޮޑު ސަރަހައްދަށް ވަރުގަދަ އަދި ނުހަނު ހަރުކަށި މިސައިލް ހަމަލާތަކެއް ދީ، ބޮޑެތި ގެއްލުންތަކެއް ދީ، 1900 އެއްހާ ޣައްޒާގެ މީހުންގެ ފުރާނަ ފޭރިގެންފައިވާ އިރު، އޭގެ ތެރޭގައި 600 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނެ އެވެ.

ޣައްޒާގެ އެތައް ހާސް ބަޔަކު ދަނީ ދެކުނުގެ ސަރަޙައްދުތަކަށް ހިޖުރަކުރަން މަސައްކަތް ކުރަމުންނެވެ.

ނިއުޔޯކްގައި މުޒާހަރާކުރި މީހުން ވަނީ ތަފާތު ޝިއާރުތައް ގޮވައި، މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ދެކޮޅަށް އެމީހުން ގެންގުޅޭ ހަރުދަނާ ސިޔާސަތު ދައްކުވައިދީފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް