ގާޒާއަށް އިންސާނީ އެހީ ފަސޭހަކަމާއެކު ފޯރުކޮށްދެވެން އޮތް ހަމައެކަނި ބޯޑަރު ކަމުގައިވާ ރަފާ ބޯޑަރުގެ ކޮންޓްރޯލު މިސްރުން އިޒްރޭލަށް ދޫކޮށްލައިފިކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
އެގޮތުން އިޒްރޭލުގެ އަސްކަރީ ތަރުޖަމާނު ބުނެފައިވަނީ ރަފާ ބޯޑަރ ކްރޮސިންގ ދެން އޮޕަރޭޓް ކުރަމުންދާނީ އިޒްރޭލުގެ ކޮންޓްރޯލާއި އެކުގައި ކަމަށެވެ.
"އެ ބޯޑަރު ކޮންޓްރޯލު ކުރުމުގައި މިސްރުން އިޒްރޭލާ ކޯޑިނޭޓް ކުރާނެ" އޭނާ ބުނެފައިވެއެވެ.
އެ ބޯޑަރުގެ ކޮންޓްރޯލު އިޒްރޭލަށް ދޫކޮށްލި ކަމަށް މީޑިއާ ރިޕޯޓްތައް ބުނާއިރު އިޒްރޭލުން މިހާރު އަންނަނީ ދޭތެރެދޭތެރެއިން ގާޒާގެ އެތެރެއަށްވަދެ ރެއިޑްތައް ހިންގަމުންނެވެ.
މީގެ އިތުރުން ގާޒާގެ އުތުރު ހުސްކޮށް ދެކުނަށް އެންމެންދާން އެންގި އެންގުން އެގޮތުގައި އޮންނާނެ ކަމަށާއި ލިބޭ ގެއްލުމުގެ ޒިންމާ އިޒްރޭލުން ނުނަގާނެކަމަށްވެސް ބުނެފައިވެއެވެ.
ހަމާސް އިން އިޒްރޭލު ސިއްސުވާލައި މި މަހުގެ ހަތްވަނަ ދުވަހު އިޒްރޭލަށް ދިން ހަމަލާއަށްފަހު އިޒްރޭލުން ރައްދުގައިކަމަށްބުނެ ގާޒާއަށް ދޭން ފެށި ހަމަލާގައި މިހާތަނަށް ފަލަސްތީނުން މަރުވި މީހުން އަދަދު މިއަދު މިވަނީ 2215 އަށް އަރާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް