މަލް އަށް ކަމުދަނީ ހަމުގެ ކުލަ ކަޅިއްޔާ !

ފިލްމީ ތަރި މަލީހާ ވަހީދަށް ފިރިހެނުން ކަމުދަނީ ހަމުގެ ކުލަ ކަޅިއްޔާ ކަމުގައި އޭނާ ބުނެފިއެވެ. މަލް މިހެން ބުނެފައިވަނީ މަޒާޖީ ގޮތެއްގައި ދިވެހި ފިލްމު އިންޑަސްޓްރީގެ "ނިއުސް ބައިޓްސް / ފޭކް / ފަނީ / ...

14 Oct 2023 | 09:11

ފިލްމީ ތަރި މަލީހާ ވަހީދަށް ފިރިހެނުން ކަމުދަނީ ހަމުގެ ކުލަ ކަޅިއްޔާ ކަމުގައި އޭނާ ބުނެފިއެވެ.

މަލް މިހެން ބުނެފައިވަނީ މަޒާޖީ ގޮތެއްގައި ދިވެހި ފިލްމު އިންޑަސްޓްރީގެ "ނިއުސް ބައިޓްސް / ފޭކް / ފަނީ / ގޮސިޕް ބައިޓްސް" ގެނެސްދޭ ޕޭޖެއްގައި މަލްއާއި ގުޅޭގޮތުންކޮށްފައިވާ ޕޯސްޓެއް ދޮގު ކުރަމުންނެވެ.

އެ ޕޯސްޓްގައި ބުނެފައިވަނީ މަޝްހުރު ފިލްމީތަރު މަލް މިވަގުތު ހުރީ ހުސްކޮށް ކަމަށާއި މަލް ބޭނުންވަނީ ވަރަށް ބޮޑަށް ލޯބިދޭނެ، ތެދުވެރި ގައިގެ ވަރުހުރި މީހެއް ކަމަށެވެ. އަދި މަލްއަށް ކަމުދަނީ އިސްކޮޅުން ދިގު، ދޮން، ބޯދިގު، މުއްސަނދި، ސްމާޓް، ތެދުވެރި ރަނގަޅު މީހެއް ކަމަށްވެސް އެ ޕޭޖުގައި ބުނެފައިވެއެވެ.

އެކަން ދޮގުކޮށް މަލް ބުނެފައިވަނީ އެއީ ހަމަ ރޯ ބުހުތާނު ދޮގު ކަމަށާއި މަލް ލައިކް ވަނީ ފިރިހެނުން ކަޅު ވީމަކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް