އިޒްރޭލުން ފަލަސްތީނުގެ މުސްލިމުންނަށް ދެމުންގެންދާ ހަމަލާތައް ބަލައިނުގަންނަކަން ސައޫދީ އަރަބިއްޔާ އައި ކުވޭތުން ފާޅުގައި އެކަމަށް އިންކާރުކޮށް އެކަން ހާމަކޮށްފިއެވެ.
އެގޮތުން ކުވޭތުގެ ހާރިޖީ ވުޒާރާއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ގަދަ ބާރުން ގާޒާ ހުސްކުރަން އެންގި އަމުރާއި ކުވޭތުން ފާޅުގައި ދެކޮޅުހަދާ ކަމަށެވެ.
ސައޫދީން މިކަން ހާމަކުރީ ސައޫދީ ހާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރްހާން އަލް ސައުދު، އިނގިރޭސި ވިލާތުގެ ސެކްރެޓަރީ އޮފް ސްޓޭޓް، ފޮރިން ޖޭމްސް ކްލެވަލީ އަށް ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ހޫނުވަމުން އަންނަ މަސްރަހު ވަގުތުން ނިމުމަކަށް ގެންނަން ބޭނުންވާކަން ސައޫދީ ހާރިޖީ ވަޒީރު ފާހަގަކުރެއްވި ކަމުގައި ސައޫދީ މީޑިއާގައި ރިޕޯޓްކޮށްފައިވެއެވެ. އަދި ފަލަސްތީނު މައްސަލައަށް ހައްލެއް ބޭނުންވާކަން ޖޭމްސް ކްލެވަލީވެސް ފާހަގަކުރިކަމުގައިވެސް ސައޫދީ މީޑިއާގައި ރިޕޯޓްކޮށްފައިވެއެވެ.
އިނގިރޭސިވިލާތަކީ ޔަހޫދީން އިޒްރޭލު އުފެއްދުމުގައި 1948ގައިވެސް އެންމެ ބޮޑަށް އެހީތެރިވި އެއް ދައުލަތެވެ. އަދި މިހާރު އިޒްރޭލުން ހިންގަމުން އަންނަ ހަނގުރައިމާގެ ޖަރީމާތަކަށްވެސް އިނގިރޭސިވިލާތާއި އެމެރިކާއިން އަންނަނީ މަދަދުވެރިވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް