އިޒްރޭލުގެ ފައުޖެއް ގާޒާގެ ބިމަށް މިރޭ ވަދެގެންފައިވާކަމަށް އިޒްރޭލުން ބުނެފިއެވެ.
އިޒްރޭލުން މީގެ ތިން ގަޑިއިރެއްހާއިރު ކުރިން ބުނެފައިވަނީ ގާޒާ އަށް ބިމުގެ މަގުން ވަނީ ސަބަބުތަކެއް ހުރުމުން ކަމަށެވެ. އެ ސަބަބުތަކުގެތެރޭގައި ހިމެނެނީ ހަމާސް އިން ރަހީނުކޮށް ގާޒާގައި ހިފަހައްޓާފައިތިބި އިޒްރޭލު ރައްޔިތުން ސަލާމަތް ކުރުމާއި ހަމާސްގެ "އެންޓި ޓޭންކް މިސައިލް" ގާބިލުކަން ނައްތާލުން ކަމަށެވެ.
އެހެންނަމަވެސް ގާޒާގެ ތެރެއަށް ވަންތް ފައުޖު މިހާރު އަނބުރާ އިޒްރޭލަށް ވަދެފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. މި ވަދެގަތުމުގައި ހަމަލާތަކެއް ދިންކަމެއް، ބަޔަކު މަރާލިކަމެއް އަދި އިޒްރޭލު ރަހީނުންތަކެއް ސަލާމަތް ކުރިކަމެއް ބުނެފައެއް ނުވެއެވެ.
މިދިޔަ ހޮނިހިރު ދުވަހު ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކަށްފަހު ފެށުނު ހަނގުރާމައަށް ހަތް ދުވަސްވެފައިވާއިރު މިއީ ގާޒާގެ ބިމަށް އިޒްރޭލު ފައުޖެއް ބިމުގެ މަގުން ވަތްން ފުރަތަމަ ފަހަރެވެ.
އިޒްރޭލުން ވަނީ ގާޒާގެ އުތުރު އެއްކޮށް ހުސްކޮށް ގާޒާގެ ދެކުނަށް ގާޒާގެ އެންމެހާ ރައްޔިތުން ދިއުމަށް އަންގާ އިންޒާރު ދީފައެވެ. އދ އިން ބުނެފައިވާގޮތުގައި އިޒްރޭލުން އެކަމަށް ދީފައިވަނީ 24 ގަޑިއިރެވެ. އަދި ހޮސްޕިޓަލުތައްވެސް ވަކި ވަގުތެއްގެ ތެރޭގައި ހުސްކުރުމަށް އިޒްރޭލުން އިންޒާރު ދީފައިވެއެވެ.
މުރާސިލުން ދެކޭގޮތުގައި އިޒްރޭލުގެ މި އިންޒާރުތަކަކީ ބަރު ހަތިޔާރާއެކު ގާޒާގެ ބިމަށް އިޒްރޭލު ފައުޖުތައް ވަދެގަތުމަށް ތައްޔާރުވުމުގެ ގޮތުން ދިން އިންޒާރުތަކެކެވެ.
ފާއިތުވި ހަތް ދުވަހު އިޒްރޭލުން ފަލަސްތީނުގެ ގާޒާ އަދި އިޒްރޭލުން ގަދަކަމުން ވަޒަންވެރިކުރުވަމުން އަންނަ ހުޅަނގު ބިތަށް ލާއިންސާނީ އެތައް ހަމަލާތަކެއް ދެމުން އަންނައިރު އިނގިރޭސިވިލާތާއި އެމެރިކާއިން އަންނަނީ އިޒްރޭލުގެ މި އަމަލުތަކަށް މަދަދުވެރިވަމުންނެވެ.
މިހާތަނަށް އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުގެ ގާޒާ އަދި ހުޅަނގުބިތުން 1900 އަށްވުރެ ގިނަ މުސްލިމުން ވަނީ މަރާލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް