ލަންދޫ ޕްރީ ސްކޫލު ބެލެނިވެރިންނަށް އެމް-ފައިސާގެ ޓްރޭނިން ސެޝަނެއް

ލަންދޫ  ޕްރީ  ސްކޫލް  ބެލެނިވެރިންނަށް  އުރީދޫ  އިން  ޑިޖިޓަލް ފައިނައިސް  އަދި  އެމް- ފައިސާ  ގެ  ޓްރޭނިން  ސެޝަން  އެއް  ބާއްވައިފި  އެވެ. އުރީދޫއިން ބުނެފައިވާގޮތުގައި މި  ސެޝަން  ބާއްވާފައިވަނީ  ޑ...

13 Oct 2023 | 19:37

ލަންދޫ  ޕްރީ  ސްކޫލް  ބެލެނިވެރިންނަށް  އުރީދޫ  އިން  ޑިޖިޓަލް ފައިނައިސް  އަދި  އެމް- ފައިސާ  ގެ  ޓްރޭނިން  ސެޝަން  އެއް  ބާއްވައިފި  އެވެ.

އުރީދޫއިން ބުނެފައިވާގޮތުގައި މި  ސެޝަން  ބާއްވާފައިވަނީ  ޑިޖިޓަލް  ދިވެހި  ރާއްޖެ  އެއް  ބިނާ  ކުރުމަށް  އުރީދޫ  އިން  ކުރަމުންދާ  މަސައްކަތުގެ  ދަށުން  ޑިޖިޓަލް  ފައިނައިސް  ގެ  ހިދުމަތްތަކަށް  އަހުލު  ވެރި  ކުރުމުގެ  ގޮތުންނެވެ.  އެގޮތުން  ޑިޖިޓަލް  ފައިނައިންސް  މެދުވެރިކޮށް  ފަހި  ވެގެންދާ  ފުރުސަތުތަކާ،  ފަސޭހަ  އާއި  އެމް  ފައިސާ  ބޭނުންކުރާނެ  ގޮތް  ކިޔާދީފައިވެއެވެ.

‎ލަންދޫ ލަންދޫ ކައުންސިލްގެ ހިދުމަތްތަކަށް އެމް-ފައިސާ މެދުވެރިކޮށް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ކައުންސިލަށް ދައްކަންޖެހޭ ފައިސާ މިހާރު ދައްކާލެވެއެވެ. އެމް-ފައިސާ އަކީ ކޮންމެ ތާކު، ކޮންމެ ވަގުތެއްގައި ވެސް ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމާއި ޓްރާންސްފާ ކުރުމާއި، ޖީއެސްޓީ ދެއްކުމުގެ އިތުރުން ކެފޭ، ރެސްޓޯރަންޓް، ފިހާރަ ފަދަ ތަންތަނަށް ފައިސާ ދެއްކޭ ޑިޖިޓަލް ވޮލެޓެކެވެ. މީގެ އިތުރުން ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، އުރީދޫގެ ހިދުމަތްތަކަށާއި މީޑިއާނެޓް ފަދަ ގިނަ ހިދުމަތްތަކަކަށް ބިލް ވެސް ދެއްކޭނެ އެވެ.

‎މި  ހިދުމަތާ  އެކު ޑިޖިޓަލް  ޒަރިއްޔާތައް  މެދުވެރިކޮށް  ލަންދޫ  ގެ  ރައްޔިތުންނަށް  ފައިސާގެ  މުއާމަލާތް  ކުރުމުގައި  އިތުރު  ލުޔެއްލިބި ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް ބާރުވެރި މުޖުތަމަޢެއް ޤާއިމުކުރުމަށް  ބިނާކުރެވިގެންދާނެކަމުގައި އުރީދޫއިން ދެކެއެވެ.

އެމް-ފައިސާ  ގެ  ހިދުމަތަކީ  ކޮންމެ  ނެޓްވޯކެއްގެ  ކަސްޓަމަރަކަށްވެސް އުރީދޫ  އެޕް  މެދުވެރިކޮށް  ބޭނުން  ކުރެވޭ  ހިދުމަތެކެވެ. އެމް-ފައިސާ  ގެ  ހިދުމަތައް  އުރީދޫ  އެޕް  މެދުވެރިކޮށް  ފަސޭހަކަމާއކު  ރެޖިސްޓަރ  ކުރެވޭނެއެވެ.  ރެޖިސްޓަރ  ކުރުމަށް ore.do/mf  ޒިޔާރަތްކޮށްލައްވާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް