ފަތިހާއި ހަމައަށް މުޅި ރާއްޖެއަށް ހުދު ސަމާލު: ވަޔާއި ކަނޑު ގަދަ، އުދަ އެރުން އެކަށީގެންވޭ

ފަތިހާއި ހަމައަށް މެޓުން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މި ސަމާލު ނެރެފައިވަނީ މިރޭގެ ފަތިހު 05:00 އާއި ހަމަށެވެ. މޫސުމަށް ސަމާލުވުމަށް އިލްތިމާ...

14 Oct 2022 | 17:59

ފަތިހާއި ހަމައަށް މެޓުން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މި ސަމާލު ނެރެފައިވަނީ މިރޭގެ ފަތިހު 05:00 އާއި ހަމަށެވެ.

މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށް މެޓުން ނެރެފައިވާ މި ހުދު ސަމާލުގައި ބުނެފައިވަނީ ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވުން އަދި ކަނޑުތައް ގަދަވުން އެކަށީގެންވާކަމަށެވެ. އަދި އުދަ އަރާފާނެކަމަށްވެސް ލަފާކުރެވޭކަމަށެވެ.

މެޓުން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައިވާއިރު ކުރިއަށް އޮތް ދެ ދުވަހުވެސް މޫސުން ގޯސްވާނެކަމުގައި މެޓުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް