ހެރީ ޕޮޓަރ ގެ ތަރި ރޮބީ ކޮލްޓްރޭން މަރުވެއްޖެ

ހެރީ ޕޮޓަރ ގައި ރޫބިއަސް ހެގްރިޑްގެ ރޯލު ކުޅުނު ރޮބީ ކޮލްޓްރޭން މަރުވެއްޖެއެވެ. ބީބީސީގައި ރިޕޯޓްކޮށްފައިވާގޮތުގައި އުމުރުން 72 އަހަރުގައި ރޮބީ މަރުވީ ސްކޮޓްލެންޑްގެ ހޮސްޕިޓަލެއްގައި ފަރުވާދެމުން ދަނި...

14 Oct 2022 | 17:51

ހެރީ ޕޮޓަރ ގައި ރޫބިއަސް ހެގްރިޑްގެ ރޯލު ކުޅުނު ރޮބީ ކޮލްޓްރޭން މަރުވެއްޖެއެވެ.

ބީބީސީގައި ރިޕޯޓްކޮށްފައިވާގޮތުގައި އުމުރުން 72 އަހަރުގައި ރޮބީ މަރުވީ ސްކޮޓްލެންޑްގެ ހޮސްޕިޓަލެއްގައި ފަރުވާދެމުން ދަނިކޮށެވެ.

ރޮބީގެ މަރާއި ގުޅޭގޮތުން އަދި މާ ގިނަ މައުލޫމާތެއް އާއިލާއިންވެސް ހިއްސާކޮށްފައެއް ނުވެއެވެ.

ރޮބީ ކޮލްޓްރޭން އޭނާގެ ޓީވީ ކެރިއާ ފެށި 1978 ވަނަ އަހަރު ޓީވީ ސީރީޒަކުންނެވެ. ނަމަވެސް އެންމެ ބޮޑު މަގްބޫލުކަމެއް ލިބިގެންގޮސްފައިވަނީ ހެރީ ޕޮޓަރ ގައި ކުޅެފައިވާ ރޯލަށެވެ. އެ ރޯލާއި ފިލްމީ އަދި ޓީވީ ކެރިއާގައި ގިނަ އެވޯޑްތަކެއްވެސް ރޮބީ ހާސިލްކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް