ބޭންކް އޮފް މޯލްޑިވްސް އިން 30 އަށް ވުރެގިނަ ބައިވެރިންނާއެކު އިނޮވޭޝަން ލެބް ހެކަތަން މިއަދު ހޮޓެލް ޖެންގައި ފަށައިފިއެވެ.
ބޭންކުން މައުލޫމާތުދެއްވާގޮތުގައި މި ހެކަތަން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 'ބޭންކިންގ ސޮލިއުޝަންސް ޓު އެންހޭންސް ކަސްޓަމަރ އެކްސްޕީރިއެންސް' ތީމްގެދަށުންނެވެ. 48 ގަޑިއިރަށް ދެމިގެންދާނެ މި ހެކަތަން ގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ފަރުދުންނާއި ޓީމްތަކަށް ފިންޓެކްގެ ދާއިރާއިން އީޖާދީ ހިޔާލުތަކާއި ހައްލުތައް ހުށަހެޅުމަށް ވަނީ ހުޅުވާލެވިފައެވެ.
މި ހެކަތަންގައި 3 ޓީމު ހޮވައި މި ޓީމްތަކުން ހުށަހަޅާ ހިޔާލު ކާމިޔާބުކަމާއެކު ނިންމާލުމަށް ބީއެމްއެލް އިނޮވޭޝަން ލެބްގައި މަސައްކަތްކުރުމަށް 6 މަސް ދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށާއި ހޮވޭ ޓީމުތަކާއެކު އެ ފަރާތްތަކުން ހުށަހަޅާ ސޮލިއުޝަން ބޭންކާއެކު އެއްބަސްވެވޭ އަގެއްގައި ގަތުމަށް ހަމަޖެހިފައިވާކަމަށްވެސް ބޭންކުން ބުނެއެވެ.
މީގެ އިތުރުން ބޭންކުން ތިރީގައިވާ ކަންކަން ފުރިހަމަކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
- މަސައްކަތްކުރުމަށް ހާއްސަ އޮފީހެއް (ތަނެއް) ހަމަޖައްސައިދިނުން
- ކޮންމެ ޓީމަކަށް އެލަވަންސްގެ ގޮތުގައި މަހަކު 20،000 ރުފިޔާ
- ޑިވެލޮޕްކުރާ ސޮލިއުޝަންއަށް ދިގު މުއްދަތެއްގެ މެއިންޓެނަންސް ކޮންޓްރެކްޓެއް
މި ހެކަތަން ކާމިޔާބު ކުރާ ޓީމުތައް ހޮވުމަށް ހަމަޖެހިފައިވަނީ 16 އޮކްޓޯބަރު 2022 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް