ވިއްސާރައާއެކު ވައި ގަދަވެ އުދަ އަރާފާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު

ވިއްސާރައާއެކު ވައި ގަދަވެ އުދަ އަރާފާނެކަމަށް ލަފާކޮށް މެޓުން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މި ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 11:30 އިން ހ...

14 Oct 2022 | 10:20

ވިއްސާރައާއެކު ވައި ގަދަވެ އުދަ އަރާފާނެކަމަށް ލަފާކޮށް މެޓުން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މި ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 11:30 އިން ހަވީރު 5:30 އާއި ދެމެދުގެ ވަގުތަށެވެ.

ހުދު، މި ސަމާލުގައި ބުނެފައިވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރުން، ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވުން އަދި ކަނޑުތައް ގަދަވެ އުދަ އަރާނެކަމަށް ލަފާކުރެވޭކަމަށެވެ.

މެޓުން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައިވާއިރު ހުޅަނގު މޫސުމުގެ ބާރުގަދަވެ ކުރިއަށް އޮތް ދެ ދުވަސް ހިމެނޭހެން މޫސުން ގޯސްވާނެކަމުގައި ބުދަ ދުވަހު ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް