ހަލާކުވެފައިވާ ކާނުގަނޑެއްގެ ތެރެއަށް ކުޑަކުއްޖެއްގެ ފައި ވަދެ، ބޮޑު އަނިޔާއެއް ލިބިއްޖެއެވެ.
މިކަން ހާމަކުރައްވައި އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު، ޑރ. އައިޝަތު ރަފިއްޔާ ރޭގައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ހަތަރު އަހަރުގެ ކުއްޖަކު ހީނާމާގޭ ކުރިމަތި ކާނގަނޑޫ ތެރެޔަށް ވެއްޓި ވަރަށް ބޮޑު ޒަހަމްތަކަކާއެކު އޭޑީކޭ ފަރުވާދިން ކަމަށެވެ.
"ކޮބާތޯ މޭޔަރު މުއިއްޒުގެ ޒިންމާ އަދާކުރެވިފަ؟ މި ކުއްޖާއަށް ވީ ގޮތުގެ ޒިންމާ އުފުލަންވީވެސް ބަނޑުއަޅާ ވިހޭ މައިމީހާތޯ؟" ދިވެހި ފުލުހުންނާއި ރައީސް އޮފީސް އަދި މޭޔަރު މުއިއްޒު ޓެގްކުރައްވައި ރަފިއްޔާގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އެ ކުއްޖާގެ ފައިގައި ކަފައިގެންދިޔަން ސާފުކޮށް ފަހާ، އޮޕަރޭޝަނެއް ކުރުމަށްފަހު މިއަދު ފަތިހުގެ ވަގުތެއްގައި ވަނީ ދޫކޮށްލާފައެވެ.
https://twitter.com/MMuizzu/status/1580659368533839874?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1580659368533839874%7Ctwgr%5E9e415a4e182332b325a61df2580e51f8f2744177%7Ctwcon%5Es1_&ref_url=https%3A%2F%2Fthepress.mv%2F138917
ރަފިއްޔާގެ އެ ޓްވީޓަށް ކުރެއްވި ރިޕްލައިއެއްގައި މޭޔަރު މުއިއްޒު ވިދާޅުވީ އެ ހާދިސާ ހިނގިތާ ގަޑިއިރެއްހާއިރުގެ ތެރޭގައި އެ ކާނުގަނޑު ބަދަލުކޮށްފައިވާކަމަށާއި އެ ހާދިސާ ހިނގިކަން އެނގުމުން އެކަމާ ވަރަށް ހިތާމަކުރައްވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް