ދުވަހުގެ މޫސުން: މިއަދުވެސް މުޅި ރާއްޖެއަށް ވިއްސާރަ

ދުވަހުގެ މޫސުމަށް ބަލައިލާއިރު މިއަދަކީވެސް މުޅި ރާއްޖެއަށް ވިއްސާރަ ދުވަހެއްކަމުގައި މެޓުން ބުނެފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިހެން ބުނެފައިވަނީ މިއަދުގެ އިރު އޮއްސުމާއި ހަމ...

14 Oct 2022 | 05:13

ދުވަހުގެ މޫސުމަށް ބަލައިލާއިރު މިއަދަކީވެސް މުޅި ރާއްޖެއަށް ވިއްސާރަ ދުވަހެއްކަމުގައި މެޓުން ބުނެފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިހެން ބުނެފައިވަނީ މިއަދުގެ އިރު އޮއްސުމާއި ހަމައަށް ލަފާކޮށް ނެރެފައިވާ މޫސުމީ ބުލެޓިންގައެވެ.

މޫސުމީ އެ ބުލެޓިންގައި ބުނެފައިވާގޮތުގައި މިއަދު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ.

"ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާއިދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ، އަދި ވިލާގަނޑޫގައި ގަޑިއަކު 45 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެންވޭ" މެޓުން ބުނެފައިވެއެވެ.

ރާއްޖޭގެ ކަނޑުތައް މިއަދު އާންމުގޮތެއްގައި ގަދަވާނެކަމަށް ބުނެފައިވާއިރު ރާޅުގެ އުސްމިން ހުންނާނެކަމަށް ލަފާކޮށްފައިވަނީ ހަތަރު ފޫޓާއި ހަތް ފޫޓާއި ދެމެދުގައެވެ.

ދިޔަވަރު ބޮޑު ގަޑިތަކުގައި ބައެއް ރަށްރަށަށް އުދަ އެރުން އެކަށީގެންވާކަމަށް މެޓުން ބުނެފައިވެއެވެ. އަދި އެންމެހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އަދި ހާއްސަކޮށް ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސްކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް