އެމްއެންޔޫގެ މެރިޓައިމް ސަވައިވަލް ސެންޓަރުގެ މަސައްކަތް ފެށުމަށް ސައިޓް މޮބިލައިޒް ކޮށްފި

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ މެރިޓައިމް ސާވައިވަލް ސެންޓަރު ހެދުމުގެ މަޝްރޫއު ފެށުމަށް ތައްޔާރު ވެއްޖެ އެވެ. މި މަޝްރޫއުގެ ކޮންޓްރެކްޓަރަކީ އެމްޓީސީސީ އެވެ. އެކުންފުނިން ބުނީ މަޝްރޫއު...

14 Oct 2022 | 04:02

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ މެރިޓައިމް ސާވައިވަލް ސެންޓަރު ހެދުމުގެ މަޝްރޫއު ފެށުމަށް ތައްޔާރު ވެއްޖެ އެވެ.

މި މަޝްރޫއުގެ ކޮންޓްރެކްޓަރަކީ އެމްޓީސީސީ އެވެ.

އެކުންފުނިން ބުނީ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ސައިޓް މޮބިލައިޒް ކޮށްފައިވާ ކަމަށެވެ. އެ މަސައްކަތް ކުރީ އިއްޔެ އެވެ.

މި މަސައްކަތުގެ ދަށުން، ޝީޓް ޕައިލްކޮށްފައިވާ 1,200 ކިޔުބިކް މީޓަރުގެ ސަރަހައްދަކަށް ވެލި އަޅާނެ އެވެ. އަދި 35 މީޓަރުގެ އެއްގަމު ތޮށި ޝީޓް ޕައިލްކުރުމަށް ހަމަޖެހިފައިވެ އެވެ.

މީގެ އިތުރުން 27.25 މީޓަރުގެ އެއްގަމު ހުރަސް ތޮށީގައި ކޮންކްރިޓް ގައު ޖެއްސުމާއި، 4.2 މީޓަރު ދިގުމިނުގެ 6.4 މީޓަރު ފުޅާމިނުގެ ރޭންޕެއް ހެދުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވެ އެވެ.

މި މަސައްކަތް ނިންމަން ޖެހެނީ 210 ދުވަސް ތެރޭގައި އެވެ.

މިއީ 4.59 މިލިޔަން ރުފިޔާގެ މަޝްރޫއު އެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް