މުޅިރާއްޖެއަށް މިއަދުވެސް މޫސުން ގޯސްވާނެ ކަމަށް ލަފާ ކޮށްފި އެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އިއްޔެއިން ފެށިގެން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް އޮތީ ވައިޓް އެލާޓު ނެރެފައި އެވެ. އެންމެ ފަހުން ނެރެފައިވާ ވައިޓް އެލާޓުގެ ވަގުތު ހަމަވާނީ މިއަދު ހެނދުނު11:30 އަށެވެ.
މެޓް އޮފީހުން ލަފާ ކުރާ ގޮތުގައި މިއަދު ހެނދުނުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ އެވެ. ކަނޑުތައް ގަދަވާނެ އެވެ.
އާންމު ގޮތެއްގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރަނީ19 މޭލާއި24 މޭލާއި ދެމެދުގެ ބާރު މިނުގައި އެވެ. ވިލާގަނޑުގައި45 މޭލަށް ވައި ގަދަވާނެ ކަމަށް މެޓުން މައުލޫމާތުދެ އެވެ.
މެޓުން ބުނީ ރާޅުގެ އުސްމިން މިރޭ އުޅޭނީ ހަތަރު ފޫޓާއި ހަތް ފޫޓާއި ދެމެދުގައި ކަމަށެވެ.
އެ އިދާރާ އާއި ސަލާމަތީ ބާރުތަކުން ވަނީ އެއްގަމާއި ކަނޑުގައި މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.
މިހާރު ރާއްޖެއަށް މޫސުން ގޯސްވެފައިވަނީ ހުޅަނގު މޫސުމުގެ ބާރު ގަދަވެގެންނެވެ. މެޓުން ލަފާ ކުރާ ގޮތުގައި ކުރިޔަށް އޮތް ދެ ދުވަހުވެސް ހުރިހާ ސަރަހައްދަކަށް މޫސުން ގޯސްވާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް