މެކްޓޮމިނޭ ފަހު ވަގުތު ޖެހި ލަނޑާއި އެކު މޮޅުވެ ޔުނައިޓެޑް ދެވަނަ ބުރާއި ގާތަށް

ޔޫރޮޕާ ލީގުގެ ގުރޫޕް ސްޓޭގައި ރޭ އޮމޯނިއާ ނިކޯޝިއާ އާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށް މުބާރާތުގެ ދެވަނަ ބުރާއި ގާތަށް މެންޗެސްޓާ ޔުނަޓެޑުން ޖެހިލައިފި އެވެ. ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗު ...

14 Oct 2022 | 03:03

ޔޫރޮޕާ ލީގުގެ ގުރޫޕް ސްޓޭގައި ރޭ އޮމޯނިއާ ނިކޯޝިއާ އާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށް މުބާރާތުގެ ދެވަނަ ބުރާއި ގާތަށް މެންޗެސްޓާ ޔުނަޓެޑުން ޖެހިލައިފި އެވެ.

ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗު ޔުނައިޓެޓުން ކާމިޔާބު ކުރީ 0-1 ގެ ނަތީޖާއިންނެވެ.

ޔުނައިޓެޑުން މޮޅު ކުޅުމެއް ދެއްކި މި މެޗުގައި އެޓީމުން ވަނީ ޖުމުލަ 34 ހަމަލާއެއް އޮމޯނިއާގެ ގޯލަށް އަމާޒުކޮށް ފޮނުވާލާފައެވެ. ޔުނައިޓެޑުގެ ނުރައްކާތެރި ގިނަ ހަމަލާތަކެއްގެ ހުރަހަކަށް ވީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި އޮމޯނިއާގެ ނައިޖީރިއާ ގޯލްކީޕަރު ފްރާންސިސް އުޒޯހޯ އެވެ.

ޔުނައިޓެޑުން މި މެޗުގެ ލީޑު ނެގީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރުވަގުތުގައެވެ. މި ލަނޑު ޔުނައިޓެޑަށް ކާމިޔާބު ކޮށްދިނީ ފަހު ހާފުހައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މެކްޓޮމިނޭ އެވެ.

ރޭގެ މި މޮޅާއި ޔުނައިޓެޑުން މުބާރާތުގެ ދެވަނަ ބުރުގެ އުންމީދު ބޮޑުކުރިއިރު، އެޓީމު އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު ނުވަ ޕޮއިންޓާއި އެކު ގުރޫޕުގެ ދެވަނާގައެވެ. ޔުނައިޓެޑު އަތުން ބަލިވި އޮމޯނިއާ އޮތީ ޕޮއިންޓެއް ނުލިބި ގުރޫޕުގެ އެންމެ ފުލުގައެވެ. އެޓީމު ވަނީ މިހާތަނަށް ކުޅުނު ހަތަރު މެޗުންވެސް ބަލިވެފައެވެ. މި ގުރޫޕުގެ އެއްވަނާގައި އޮތީ ރެއާލް ސޮސިއެދާދް އެވެ. އެޓީމު އެއްވަނާގައި އޮތީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ 12 ޕޮއިންޓާއި އެކުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް