ފާއިތުވި 24 ގަޑިއިރު ރާއްޖެއިން ކޮވިޑު ބައްޔަށް ޕޮޒިޓިވް ވީ 94 މީހުން ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.
އެ އިދާރާގެ ތަފާސް ހިސާބުތަކަށް ބަލާ އިރު، ފާއިތުވި 24 ގަޑި އިރު ޕޮޒިޓިވްވީ މާލެ ސަރަހައްދުން 20 މީހަކާއި އަތޮޅުތެރެއިން 68 މީހަކާއި ރިސޯޓުތަކުން ހަ މީހުން ނެވެ.
މިއާއެކު ރާއްޖޭގައި އެ ބައްޔަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 85،932 އަށް އަރާފަ އެވެ.
ކޮވިޑު ބައްޔަށް ރާއްޖޭގައި ފަރުވާ ހޯދަމުން ދިޔަ މީހުންގެ ތެރެއިން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 70 މީހުން ބަލިން ރަނގަޅުވި އިރު، ބަލިން ފަސޭހަވީ މީހުންގެ އަދަދު 84،451 އަށް ވަނީ އަރާފަ އެވެ.
މިހާރު ރާއްޖޭގައި މި ބައްޔަށް ފަރުވާދެމުން އަންނަނީ 1،231 މީހުން ނެވެ. އަދި ހޮސްޕިޓަލުތަކުގައި 16 މީހަކަށް އަންނަނީ ފަރުވާދެމުން ނެވެ.
ކޮވިޑު ބަލީގައި ރާއްޖެއިން 237 މީހަކު ވަނީ ނިޔާވެފަ އެވެ. އެއީ 220 ދިވެހީންނާއި 17 ބިދޭސީން ނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް