ހިޔާ ފްލެޓްތަކަށް ފޮނުވާފައިވާ ކަމަށް ބުނާ 6 ލައްކަ ރުފިޔާގެ ފެން ބިލަކީ އެމްޑަބްލިއުއެސްސީން ފޮނުވި ބިލެއް ނޫން ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ހުޅުމާލެ 2 ވަނަ ފިޔަވަހީގައި ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓް ލިބިފައިވާ ފަރާތުގެ ނަމަށް ފެން މީޓަރުގެ ރަޖިސްޓްރީ ބަދަލުކޮށް ބިލްކުރަމުން އަންނަކަމަށެވެ. އަދި ފެން ބިލް އާދަޔާ ޚިލާފަށް ބޮޑުވެފައިވާކަން ފާހަގަކުރެވޭނަމަ، އެ ފްލެޓްއެއްގެ ވެރިފަރާތާއި ގުޅާ އެކަން އެފަރާތްތަކުގެ ސަމާލުކަމަށް ގެންނަ ކަމަށެވެ.
މީގެ އިތުރުން ފްލެޓްތަކުން ރީޑިންގ ނަގައި ބިލް ކުރަން ފަށާފައި ވީނަމަވެސް، އާދަޔާ ޚިލާފަށް ފެން ބިލް ބޮޑުވެފައިވާ ފްލެޓްތަކަށް ބިލް ކޮށްފައި ނުވާނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
ފެން ބިލްގައި މައްސަލައެއް އުޅޭކަން ފާހަގަކުރެވޭނަމަ، އެ ކުންފުނީގެ ހޮޓްލައިން ނަމްބަރ 105 މެދުވެރިކޮށް އެކަން މިކުންފުނީގެ ކޯލް ސެންޓަރަށް ހުށައެޅުއްވުމަށް އެމްޑަބްލިއުއެސްސީން ވަނީ އެދިފަ އެވެ.
އެމް.ޑަބްލިޔު.އެސް.ސީ ގެ އަމާޒަކީ ދެމެހެއްޓެނެވި ގޮތެއްގައި ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަ ކަމާއި އެކު ކުންފުނީގެ ޚިދުމަތްތައް ފޯރުކޮށްދިނުން ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް