ފެނަށް ފަހުން ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބޯ އެއް ބުއިމަކީ ސައެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް އާދަވެގެން ސައިތައްޓެއް ބޯ ނުލާ މީހަކު ނުހުންނާނޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. އާންމު ގޮތެއްގައި ކަޅު ސައި ކޮންމެ ދުވަހަކު ނުބޯ މީހަކު ވަރަށް މަދުވާނެ އެވެ. ވަރަށް ގިނަ މީހުންނަށް ހެނދުނުގެ ނާސްތާގެ އެންމެ މުހިއްމު ބަޔަކީ ވެސް ސައެވެ. އެހެން ކަމުން ސައި ބުއިމަކީ އާދައަކަށް ވެފައި ވާއިރު ސިއްހީ ގޮތުން ބަލާއިރު ވެސް މިއީ ދޫކޮށްނުލައި ހިފަހައްޓަންޖެހޭ ކަމެކެވެ.
ނަމަވެސް ފަހުގެ ދުރާސާ އަކުން ދައްކާ ގޮތުގައި ކަޅު ސައި ބުއި ނަމަވެސް ނުވަތަ އެހެން ބާވަތެއްގެ ސައެއް ބުއި ނަމަވެސް ވީ ހާވެސް ހޫނުކޮށް ސައި ބުއިމުން ލިބޭ ފައިދާރައް ގިނައެވެ. އެގޮތުން އާންމު ގޮތެއްގައި ހޫނު ކޮށް ސައި ބޯމީހުންގެ ބަރުދަން ލުއިވާ ކަމަށް ހޯދުންތަކުން ދައްކައެވެ. މީގެ އިތުރުން އާންމު ކޮށް ހޫނު ސައި ބޯމީހުންގެ ލޮލުގެ ފެނުން ރަނގަޅުވާ ކަމަށާއި ސްޓްރޯކް އަދި ހާޓް އެޓޭކް ފަދަ ބަލިތައް ޖެހުމުން ދުރުކޮށްދިނުމުގެ އިތުރުން ވިސްނުން ތޫނުކޮށްދޭ ކަމަށް ވެސް މި ހޯދުންތަކުން ދައްކައެވެ.
މީގެ އިތުރުން ހަޖަމުގެ މައްސަލަތަކަށް ހައްލު ލިބުމާއި، ދަތް ފަނިކެއުމުން ދުރުކޮށްދިނުމާއި، ލޭގެ ޕްރެސަރު ދައްކޮށްދިނުމާއި، އެންޒައިޓީ އަދި ސްޓްރެސް ވުން ފަދަ ކަންކަމުން ދުރުކޮށްދޭ ކަމަށް ވެސް މި ދިރާސާ ރިޕޯޓުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ހަށިގަނޑުގެ އެކި ތަންތަނުގައި ޓިއުމަރު އުފެދުމު ފުރުސަތު ކުޑަކޮށްދެއެވެ. ހަމަމިއާ އެކު އުރަމަތީގެ ކެންސަރާއި ފުއްޕާމޭގެ ކެންސަރާއި ހަމުގެ ކެންސަރުގެ އިތުރުން ޕްރޮސްޓޭޓް ކެންސަރުން ވެސް ރައްކާތެރިކަން ހޯދައިދެ އެވެ.
ކޮލެސްޓްރޯލްގެ މައްސަލަ ދިމާވާ ނަމަ އެކަމާ ދެކޮޅަށް ވެސް އޮތް ލުއި ފަރުވާއަކަށް ހޫނި ކޮށް ސައި ދާއިމީ ބުއިމަކަށް ހެދުން ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް