މާލޭ ސިޓީ ކައުންސިލްގެ ވަޒީފާތަކަށް ބިދޭސީން ނުނަގަން އެ ކައުންސިލުން ނިންމައިފިއެވެ.
މިކަން ހާމަ ކޮށްފައިވަނީ މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓްއެއްގައެވެ.
މި ޓްވީޓްގައި ސިޓީ ކައުންސިލްގެ މޭޔަރު ވިދާޅުވެފައިވަނީ އޮކްޓޯބަރު 13 ވަނަ ދުވަހު ބޭއްވިގެންދިޔަ ސިޓީ ކައުންސިލްގެ ވަޒީފާތަކަށް ބިދޭސީން ނުނެގުމަށް އެއްބަސްވެފައިވެއެވެ. މީގެ އިތުރުން މިހާރު މަސައްކަތް ކުރަމުންދާ ބިދޭސީން މަދުކުރުމަށާއި އެ ވަޒީފާތަކަށް ދިވެހިން ނެގުމަށާއި ވަޒީފާ ދޭއިރު ޒުވާނުންނަށް ވަކި އިންސައްތައެއް ކަނޑައެޅުމަށް ނިންމާފައިވާ ކަން ހާމަ ކޮށްފައިވެއެވެ.
https://twitter.com/MMuizzu/status/1448606477195698177
މޭޔަރުގެ މި ޓްވީޓާއެކު މި ނިންމުމަށް ގިނަބައެއްގެ ތައުރީފުތައް އަންނަނީ އޮހެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް