އދ. ދަނގެތީގައި އުމުރުން57 އަހަރުގެ ދިވެހި ފިރިހެނަކު މަރާލި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމެންޓުގެ ހާއްސަ ޓީމެއް އެ ރަށަށް ފުރައިފި އެވެ.
ފުލުހުން ބުނީ އެ ޓީމު މިހާރު އެ ރަށަށް ދަތުރު ކުރަމުންދާ ކަމަށެވެ. ފުލުހުން ބުނީ މަހްމޫދ އަބޫބަކުރުުގެ މަރުގެ ހަގީގަތް ދެނެގަނެ އެކަމުގައި ޝާމިލުވާ އެންމެން އިންސާފުގެ ކުރިމައްޗަށް ގެންނަން ކުރާ ޖެހޭ ހުރިހާ މަސައްކަތެއް ފުލުހުން ކުރާނެ ކަމަށެވެ.
އޭނާ މަރާލާފައި އޮއްވަ ފެނުނީ ފަޅުގެއެއްގެ ތެރޭގައި ހުރި ވަޅެއްގެ ތެރޭގައި ގޯންޏަކަށް ލާފައޮއްވަ އެވެ. އޭނާ މަރާލައި ވަޅަށްލާފައި އޮތީ ބޯކޮޅު ފެނު އަޑިއަށް އޮންނަ ގޮތަށެވެ. ފެނުން މަތީގައި އޮތް ފައިކޮޅު އޮތީ ގޯންޏެއްގެ ތެރޭގައި އެވެ.
ފުލުހުން ބުނީ އެމީހާ ވަޅުން ނަގައިގެން ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް އޮތީ މަރުވެފައި ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މަހްމޫދު މަރާލާފަ އޮއްވަ ފެނިފައި މިވަނީ ގެއްލިގެން ރެއިން ފެށިގެން ހޯދަމުން ދަނިކޮށެވެ.
https://twitter.com/PoliceMv/status/1448659967624429581
ފުލުހުން ބުނީ މި މައްސަލައިގަ އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.
ފުލުހުން މައްސަލަ ތަހުގީގު ކުރަމުންދާއިރު ރަށު ތެރޭގައި ދަނީ ތަފާތު ކަންކަން ހިނގަމުންނެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އެ ރަށު މީހުން ވަނީ މަހްމޫދުގެ މަރާއި ގުޅިގެން އެ ރަށަށް ގޮސް އުޅޭ ދެ މީހަކަށް ތުހުމަތުކޮށް، އެމީހުން ފުލުހުންނާއި ހަވާލުކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް