ދުނިޔޭގެ މޮޅު ކުޅުންތެރިޔާއަށް ދޭ ބެލަންޑޯ އެވޯޑް ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ވުރެން ހައްގު އެހެން ކުޅުންތެރިޔަކު ނެތް ކަމަށް މެންޗެސްޓާ ޔުނައިޓަޑްގެ ކުރީގެ ކޯޗް އެލެކްސް ފާގަސަން ބުނެފިއެވެ.
ޕޯޗްގަލްގެ ސްޕޯޓިން ލިޒްބަން އަށް ކުޅެމުން ދަނިކޮށް އޭނާގެ ކުޅުން ފާހަގަ ވެގެން 2003 ވަނަ އަހަރު ރޮނާލްޑޯ މެންޗެސްޓާ ޔުނައިޓަޑަށް ގެނައީ ފާގަސަންގެ އިރުޝާދުގެ ދަށުންނެވެ. އޭރު ރޮނާލްޑޯގެ އުމުން އެންމެ 17 އަހަރެވެ.
ރޮނާލްޑޯގެ މަސައްކަތުގެ ކޮލިޓީ އާއި އޭނާ މަސައްކަތް ކުރާ ގޮތް އެންމެ ރަނގަޅަށް އެނގޭނެ އެކަކަށް ވާނީވެސް ފާގަސަންއެވެ. އަދި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއާ ހަމަޔަށް ދިއުމަށް ރޮނާލްޑޯ ކުރި ދަތުރު އެންމެ ގާތުން ފެންނާނެ އެކަކަށް ވަނީވެސް ފާގަސަންއެވެ.
"ރޮނާލްޑޯ އަށް ވުރެ ބެލަންޑޯ ލިބުން ހައްގު އެހެން ކުޅުންތެރިޔަކު ހުރި ކަމެއް އަހަންނަކަށް ނުވިސްނޭ،" ފާގަސަން ބުންޏެވެ.
ފާގަސަން ބުނީ އޭނާގެ ކޯޗު ކަމުގެ ދަށުގައި މެންޗެސްޓާ ޔުނައިޓަޑްގައި ރޮނާލްޑޯ ކުޅުމަކީ އޭނާ އަށް ލިބުނު ބޮޑު ޝަރަފެއް ކަމަށެވެ.
"އުމުން 17 އަހަރުން ފެށިގެން އޭނާ ވަނީ އަހަރެންގެ އޯޑަރުގެ ދަށުން މަސައްކަތް ކޮށްފައި. އޭގެ ސަބަބުން އޭނާގެ މަސައްކަތުގެ ރޭޓާއި އޭނާގެ ކުރިއެރުން އަހަންނަށް ވަނީ ފެނިފަ އަދި އޭނާ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވުމަށް ކުރި ދަތުރު އެންމެ ރަނގަަޅަށް ފެނިފައި ވާނީ އަހަންނަށް،" ފާގަސަން ބުންޏެވެ.
ފާގަސަން ބުނީ ރޮނާލްޑޯގެ އުމުރަށް ބަލާ އަދިވެސް އެވަރު ކުޅުންތެރިއަކު ނެތް ކަމަށާއި ރޮނާލްޑޯ އަކީި އަދިވެސް ނަަމްބަރ ވަން ކަމަށެވެ.
ފާގަސަން ބުނީ ވަކިވަކި ކުޅުންތެރިންނަށް ބަލާނަމަ މިވަގުތު އެންމެ އުހުގައި ފިޔަޖަހަމުން އަންނަ ތަރިއަކީ ވެސް ރޮނާލްޑޯ ކަމަށެވެ. އެގޮތުން މިއަހަރުގެ ބެެލެނޑޯ ލިބެން ޖެހޭނެ ކަމަށް ދެކެނީ ރޮނާލްޑޯއަށް ކަމަށް ފާގަސަން ބުންޏެވެ.
މީގެ ކުރިން ފަސް ހަރަު މި އެވޯޑް ރޮނާލްޑޯ ހޯދާފައިވާއިރު، އޭނާ މި އެވޯޑް ހޯދާފައިވަނީ 2008 ،2013 ،2014 ،3016 އަދި 2017 ވަނަ އަހަރުގައެވެ. މި އެވޯޑް އެންމެ ގިނައިން ހޯދާފައިވާކުޅުންތެރިއަކީ ލިއޮނެލް މެސީއެވެ. އޭނާ ވަނީ ބެލަންޑޯ ހަ ފަހަރު ހޯދާފައެވެ.
މިއަހަރުގެ ވެލޮންޑޯ އެވޯޑް އަންނަ ނޮވެމަބަރ މަގުގައި ދޭން ނިންމާފައި ވާއިރު، މި އެވޯޑަށް މިދެކުލުންތެރިން ވެސް ވަނީ ނޮމިނޭޓް ވެފައެވެ. އެގޮތުން ރޮނާލްޑޯ އޮތީ މިފަހަރުގެ ބެލަންޑޯ އެވޯޑް ލިސްޓިގެ ފަސް ވަނާގައެވެ. މެސީ އޮތީ މި ލިސްޓުގެ ހަތަރު ވަނާގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް