ދަނގެތީ މަހްމޫދުގެ މަރާއި ގުޅިގެން މީހަކު ހައްޔަރެއް ނުކުރަން: ފުލުހުން

އދ. ދަނގެތީގައި މީހަކު މަރާލި މައްސަލައިގަ އަދި މީހަކު ހައްޔަރު ނުކުރާ ކަމަށްފުލުހުން ބުނެފި އެވެ. މަރާލާފަ އޮއްވަ ފެނުނީ އެ ރަށު އުމުރުން57 އަހަރުގެ މަހްމޫދު އަބޫބަކުރެވެ. އޭނާ މަރާލާފައި އޮއްވަ ފެނު...

14 Oct 2021 | 14:17

އދ. ދަނގެތީގައި މީހަކު މަރާލި މައްސަލައިގަ އަދި މީހަކު ހައްޔަރު ނުކުރާ ކަމަށްފުލުހުން ބުނެފި އެވެ.

މަރާލާފަ އޮއްވަ ފެނުނީ އެ ރަށު އުމުރުން57 އަހަރުގެ މަހްމޫދު އަބޫބަކުރެވެ. އޭނާ މަރާލާފައި އޮއްވަ ފެނުނީ ފަޅުގެއެއްގެ ތެރޭގައި ހުރި ވަޅެއްގެ ތެރޭގައި ގޯންޏަކަށް ލާފައޮއްވަ އެވެ.

މި މައްސަލައިގަ އެ ރަށުން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ދަނގެީކައުންސިލުން މީޑިއާގައި ބުނެފައިވެ އެވެ.

އެކަމަކު އެ ހާދިސާ އާއި ގުޅިގެން ފުލުހުން އެންމެ ފަހުން ނޫސްވެރިންނަށް ފޮނުވި މެސެޖުގައި ވަނީ އެ ވާހަކަ ދޮގުކޮށްފަ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ދަނގެތީ މަރާއި ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.

ފުލުހުން ބުނީ އެމީހާ ވަޅުން ނަގައިގެން ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް އޮތީ މަރުވެފައި ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މަހްމޫދު މަރާލާފަ އޮއްވަ ފެނިފައި މިވަނީ ގެއްލިގެން ރެއިން ފެށިގެން ހޯދަމުން ދަނިކޮށެވެ.

އޭނާ މަރާލައި ވަޅަށްލާފައި އޮތީ ބޯކޮޅު ފެނު އަޑިއަށް އޮންނަ ގޮތަށެވެ. ފެނުން މަތީގައި އޮތް ފައިކޮޅު އޮތީ ގޯންޏެއްގެ ތެރޭގައި އެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ފުލުހުން މައްސަލަ ތަހުގީގު ކުރަމުންދާއިރު ރަށު ތެރޭގައި ދަނީ ތަފާތު ކަންކަން ހިނގަމުންނެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އެ ރަށު މީހުން ވަނީ މަހްމޫދުގެ މަރާއި ގުޅިގެން އެ ރަށަށް ގޮސް އުޅޭ ދެ މީހަކަށް ތުހުމަތުކޮށް، އެމީހުން ފުލުހުންނާއި ހަވާލުކޮށްފަ އެވެ.

އަދި އެމީހުންގެ ސައިކަލެއްގައިވެސް ރޯކޮށްލާފަވާ ކަމަށް ބައެއް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް