ދަނޑުވެރިންގެ ދުވަހާއި ކާބޯތަކެތީގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ބޭއްވި ދަނޑުވެރިގެ ފޯރަމް ނިންމާލައިފި

ދަނޑުވެރިންގެ ދުވާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ މުނާސަބާ ފާހަގަ ކުރުމުގެ ބޭއްވުނު ދަނޑުވެރިންގެ ފޯރަމް މިއަދު ނިންމާލައިފި އެވެ. ތ. ކަނޑޫދޫގައި ކުރިޔަށްދާ ހަރަކާތްތަކުގެ ތެރޭން އެރަށުގައި ކުރިޔަށް...

14 Oct 2021 | 13:58

ދަނޑުވެރިންގެ ދުވާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ މުނާސަބާ ފާހަގަ ކުރުމުގެ ބޭއްވުނު ދަނޑުވެރިންގެ ފޯރަމް މިއަދު ނިންމާލައިފި އެވެ.

ތ. ކަނޑޫދޫގައި ކުރިޔަށްދާ ހަރަކާތްތަކުގެ ތެރޭން އެރަށުގައި ކުރިޔަށް ގެންދެވުނު މި ފޯރަމް ރަސްމީކޮށް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ޙުސައިން ރަޝީދު ހަސަން އެވެ.

މި ފޯރަމް ފައްޓަވައިދެއްވަމުން މިނިސްޓަރ ރ ޑރ. ޙުސައިން ރަޝީދު ހަސަން ވިދާޅުވި ގޮތުގައި މި ފޯރަމް ބޭއްވުމުގެ މައިގަނޑުމަޤްޞަދަކީ ދަނޑުވެރިކަން ފުޅާކުރުމަށް ހުރި ގޮންޖެހުންތައް ފާހަގަކޮށް އެކަންކަން ޙައްލުކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާތައް ކުރުން ކަމަށެވެ.

މި ފޯރަމްގައި ގިނަރަށްތަކެއްގެ ދަނޑުވެރިންނާއި އަދި ދަނޑުވެރިކަމާއި ގުޅުންހުރި ބައެއް މަދަނީ ޖަމިއްޔާތަށް ވަނީ ބައިވެރިވެފަ އެވެ.

ތ. ކަނޑޫދޫގައި ބޭއްވުނު ދަނޑުވެރިގެ ފޯރަމް ކުރިޔަށް ގެންގޮސްފައިވަނީ 2 ދުވަހަކަށް ބަހާލައިގެން އެރަށުގެ ކައުންސިލް އިދާރައިގެ ހޯލުގަ އެވެ. މި ފޯރަމްގައި ދަނޑުވެރިންގެ ފަރާތު ފާހަގަ ކުރެވުނު ކަންކަމާއި ދަނޑުވެރިގެ ބައެއް ސުވާލުތަކަށް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން ވަނީ ޖަވާބުދެއްވާފަ އެވެ.

ފޯރަމްގައި ބައިވެރިވި ދަނޑުވެރިން ވަނީ ރާއްޖޭގައި ދަނޑިވެރިކަން ކުރުމުގައި ހުރި ގޮންޖެހުންތަށް ހުށައަޅާފަ އެވެ.

މި ފޯރަމްގައި ދަނޑުވެރިން ފާހަގަކުރި މައިގަނޑު ކަންކަމުގެ ތެރޭގައި

އަރބަން ގާޑަނިންގއަށް އިސްކަންދިނުން

  • ބިންލިބުމުގައި ދިމާވާ މައްސަލަތައް
  • ނިއުޓްރިޝަން ފޯކަސްކޮށްގެން ގަސްހެދުމުގެ މޮޑެލްތައްޔާރުކުރުން
  • ކޮމްޕޯސްޓްއާއި ގުޅުންހުރި ޕެސްޓް އެންޑް ޑިޒީސްގެ މައްސަލަތައް
  • މިރުހަށް ރަނގަޅު އަގު ނުލިބުން
  • ވެލިއު އެޑްކުރެވޭނެގޮތްތައް
  • މައިގަނޑުގޮތެއްގައި އުފައްދާ ބާވަތްތައް ރިސޯޓްތަކަށް މާކެޓް ކުރެވޭނެ ގޮތައް ހޯދައިދިނުން
  • ދަނޑުވެރިން ހައްދާތަކެތި ރައްކާތެރިކޮށް ސްޓޯރ ކުރެވޭނެގޮތްތަކެއް ހޯދައިދިނުން
  • ފަހުގެ އުފެއްދުންތައް ހޯދައިދިނުން
  • ޒަމާނީ ތަމްރީނު ލިބިފައިވާ ދަނޑުވެރިން މަދުވުން
  • ދިރޭޖަނަވާރާއި ފަނިފަކުސާގެ މައްސަލަތައް
  • ފަންނީ މައުލޫމާތުތައް މަދުވުން
  • ދަނޑުވެރިން ހައްދާ ބާވަތްތަކަށް ރަނގަޅު އަގު ނުލިބުމާއި އެތަކެތި ފަސޭހައިން ގަނެވޭނެ އިންތިޒާމުތަކެއް ހަމަޖައްސައިދިނުން
  • ދަނޑުތަކަށް ފަސޭހައިން ކަރަންޓު ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުން
  • ދަނޑުތަކަށް އެކިއެކި ކާރިސާތަކުން ލިބޭ ގެއްލުމުން އަރައިގަނެވޭނެ ނިޒާމެއް ގާއިމުކޮށްދިނުން
  • ގަސްކާނާ އަދި ބޭހުގެ އަގުތައް ބޮޑުވުން
  • ލޭންޑްޔޫސް ޕްލޭންއެކުލަވާލުމުގައި ދަނޑުވެރިންނަށް ބިން ލިބޭނެގޮތައް އެޕްލޭން އެކުލަވާލުން މުހިންމުކަމަށް
  • ޒުވާން ދަނޑުވެރިން އުފެއްދުމަށް ސަމާލުކަން ދިނުން

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް