ހެޔޮއެދޭ ފަރާތެއްގެ ހިލޭ އެހީގައި ހުޅުމާލޭގައި ޢިމާރާތްކުރި މިސްކިތް ރައީސް ސޯލިހު ހުޅުވައިދެއްވައިފި

ހެޔޮއެދޭ ފަރާތެއްގެ ހިލޭ އެހީގައި ހުޅުމާލޭގައި ޢިމާރާތްކުރި މިސްކިތެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހުޅުވައިދެއްވައިފި އެވެ. 'މަސްޖިދު މުޙައްމަދު' ގެ ނަން ދީފައިވާ މި މިސްކިތް އެމ...

14 Oct 2021 | 11:19

ހެޔޮއެދޭ ފަރާތެއްގެ ހިލޭ އެހީގައި ހުޅުމާލޭގައި ޢިމާރާތްކުރި މިސްކިތެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހުޅުވައިދެއްވައިފި އެވެ.

'މަސްޖިދު މުޙައްމަދު' ގެ ނަން ދީފައިވާ މި މިސްކިތް އެމަނިކުފާނު ހުޅުއްވައިދެއްވާފައިވަނީ، މިއަދު ހަވީރު ހުޅުމާލޭގައި މިކަމަށްޓަކައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގަ އެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވި 'މަސްޖިދު މުޙައްމަދު' މިސްކިތަކީ، 760 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތުގައި އަންހެނުންނަށް ޚާއްޞަކޮށް ނަމާދުކުރެވޭނެ އިންތިޒާމްވަނީ ހަމަޖައްސާފަ އެވެ.

މި މިސްކިތް އިމާރާތް ކުރަން ފަށާފައިވަނީ 18 ޖުލައި 2019 ގަ އެވެ. އަދި މިއަހަރުގެ 10 އޮކްޓޫބަރު ވީ އާދިއްތަ ދުވަހު މި މިސްކިތުގައި އިތުރަށް ފުރިހަމަކުރަން ހުރިކަންކަން ވަނީ މުޅިން ފުރިހަމަކޮށް ނިންމާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ، މިސްކިތް ހުޅުއްވައިދެއްވުމަށްފަހު، މި މިސްކިތުގައި މިއަދުގެ އަޞުރު ނަމާދު ވަނީ ކުރައްވާފަ އެވެ.

މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އާއި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް