ދަނގެތީގައި ދިވެއްސަކު މަރާލުމަށް ފަހު، ގޯންޏަކަށް ލައި އެއްލާލާފަ އޮއްވަ ފެނިއްޖެ

އދ. ދަނގެތީގައި މީހަކު މަރާލުމަށް ފަހު ގޯންޏަކަށް ލައި އެއްލާލާފަ އޮއްވަ ފެނިއްޖެ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މީހަކު ގޯންޏަކަށް ލަފާ އެއްލާލާފައި އޮތް ކަމުގެ ރިޕޯޓު ކުރީ މިއަދުގެ ވަގުތެއ...

14 Oct 2021 | 10:43

އދ. ދަނގެތީގައި މީހަކު މަރާލުމަށް ފަހު ގޯންޏަކަށް ލައި އެއްލާލާފަ އޮއްވަ ފެނިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މީހަކު ގޯންޏަކަށް ލަފާ އެއްލާލާފައި އޮތް ކަމުގެ ރިޕޯޓު ކުރީ މިއަދުގެ ވަގުތެއްގައި ކަމަށެވެ. އަދި މިހާރު އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށް ވިދާޅުވި އެވެ.

އަދި އިތުރު މައުލޫމާތު ހާމައެއް ނުކުރެ އެވެ.

ދަނގެތީ ކައުންސިލުން މީޑިއާގައި ބުނީ މަރާލާފައި އޮތީ އެ ރަށު މީހެއް ކަމަށެވެ. އެއީ މަހްމޫދު ކިޔާ އުމުރުން 55 އަހަރުގެ ފިރިހެނެކެވެ.

އެމީހާ މަރާލާފައި އޮއްވަ ފެނުނީ ފަޅުގެ ގެއެއްގެ ތެރޭގައި އެވެ. އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ އެމީހާގެ ބޯކޮޅު އޮތީ ފެން ވަޅެއްގެ ތެރެއަށް ލާފަ ކަމަށާއި ގޯނީގައި އޮތް ކޮޅު އޮތީ ފެނުން މަތީގައި ކަމަށެވެ.

ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް