ޓިކްޓޮކްގައި ބަރަހާނާވި ޔާޔާ ޝަރުތުތަކަކާއި އެކު ދޫކޮށްލައިފި

ޓިކްޓޮކްގައި ދިވެހިންގެ ސަމާލުކަން ހޯދާ ބަރަހަނާވި އުމުރުން 36 އަހަރުގެ މުހައްމަދު ނަބީލް (ޔާޔާ)  ބަންދުން ދޫކޮށްލައިފިއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އަމިއްލައަށް ބަރަހާނާވާ މަންޒަރު ވީޑިއޯ ކޮށް ޓިކް...

14 Oct 2021 | 08:51

ޓިކްޓޮކްގައި ދިވެހިންގެ ސަމާލުކަން ހޯދާ ބަރަހަނާވި އުމުރުން 36 އަހަރުގެ މުހައްމަދު ނަބީލް (ޔާޔާ)  ބަންދުން ދޫކޮށްލައިފިއެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ އަމިއްލައަށް ބަރަހާނާވާ މަންޒަރު ވީޑިއޯ ކޮށް ޓިކްޓޮކްގައި އާންމު ކުރުމާއި ގުޅިގެން މިދިޔަ މަހުގެ 11 ވަނަ ދުވަހުގެ ރޭގައެވެ.

އޭނާ ބަންދުކުރުމަށްފަހު މުޖުތަމައުގެ ސަލާމަތައް ނުރައްކާ ވެދާނެތީ އާއި ބަރަހާނާވީ ކަމުގެ ހެކި ފޮރުވަން އުޅެފާނެތީވެ މަހަކަށްވުރެ ގިނަ ދުވަހު ބަންދުގައި ބަހައްޓާފައިވެއެވެ. އަދި އޭނާ ދޫކޮށްލާފައި މިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. ކްރިމިނަލް ކޯޓަށް ތިންވަނަ ފަހަރަށް ނަބީލްގެ ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުންނެވެ.

ކްރިމިނަލް ކޯޓުން ހާމަ ކުރިގޮތުގައި އޭނާ ބަންދުން ދޫކޮށްލާފައި މިވަނީ ޝަރުތުތަކެއް ކޮށްފައެވެ. ނަމަވެސް އެ ޝަރުތަތައް ހާމަ ކޮށްފައެއް ނުވެއެވެ. މަޢުލޫމާތު ލިބޭ ގޮތުގައި އޭނާ އަށް ކޮށްފައިވާ ޝަރުތަކީ ދެމަސް ދުވަސް ވަންދެން އެއްވެސް ޕޯސްޓެއް ސޯޝަލް މީޑިއާގައި ޙިއްސާ ނުކުރުމަށެވެ. ނަބީލް މި ޝަރުތާއި އެއްބަސްވުމުން ވަނީ ދޫކޮށްލާފައެވެ.

އޭނާ އަންހެން ހެދުން އަޅައިގެން ޓިކްޓޮކް ވީޑިއޯ ކުޅެފައިވާ ކަމަށް އެއްބަސްވެފައިވެއެވެ. ނަމަވެސް ޓިކްޓޮކްގައި އޭނާ ބަރަހާނާވީ ކަމަކަށް އެއްބަސްވެފައެއް ނުވެއެވެ. އޭނާ ބުނެފައިވާ ގޮތުން އެއީ ބަޔަކު އޭނާ ބޭޒާރު ކޮށްލުމުގެ ގޮތުން ހަދާފައިވާ ވީޑިއޯ އެކެވެ.

ނަމަވެސް ޝަރީޢަތުގައި ފުލުހުން މަޢުލޫމާތު ދެެއްވާފައިވާ ގޮތުން ނަބީލް ބަރަހާނާވި ވީޑިއޯގައި ލައިގެން ހުރި އަންނައުނު ވަނީ އޭނާ ދިރިއުޅޭ ކޮޓަރިން ފެނިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް