ފުލުހުންގެ އޮޕަރޭޝަނެއްގައި 24 ގަޑިއިރު ތެރޭ 100 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ފުލުހުން ހިންގި ވަރުގަދަ އޮޕަރޭޝަނެއްގައި 100 ކިލޯއަށްވިރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި އެވެ. މިކަން ހާމަ ކުރެއްވީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އެވެ. ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދ...

14 Oct 2021 | 08:28

ފުލުހުން ހިންގި ވަރުގަދަ އޮޕަރޭޝަނެއްގައި 100 ކިލޯއަށްވިރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

މިކަން ހާމަ ކުރެއްވީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ޓުވީޓުގައި ވިދާޅުވީ އެމަސްތުވާތަކެތިތައް ހޯދީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) އާއި ޑްރަގް އިންޓެލިޖެންސާއި މެރިން ޕޮލިސް އަދި ފޮރެންސިކް ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އޭނާ ވިދާޅުވީ އެތަކެތި އަތުލައިގަތީ 10 ތަނެއް ބަލައި ފާސް ކުރުމަށް ފަހު ކަމަށެވެ.

އަދި އެ މައްސަލައާ ގުޅިގެން 10 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މި އޮޕަރޭޝަނާ ގުޅޭ އިތުރު ތަފްސީލެއް ސީޕީ ހަމީދު އަދި ފުލުހުންވެސް އަދި ނުދެ އެވެ.

https://twitter.com/M_Hameedh/status/1448549572599549953

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް