ސްޓޮކް މަދުވެގެން 20 ރުފިޔާ ޗާޕްކޮށްގެން ގެނެސްފި

ރަން ދިހަފަހެއް ނޫޓް ސީރީޒްގައި ހިމެނޭ 20 ރުފިޔާގެ ނޫޓު ޗާޕްކޮށްގެން ގެނެސްފިއެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މަޢުލޫމާތު ދެއްވި ގޮތުގައި 20 ރުފިޔާގެ ނޫޓް ޗާޕް ކޮށްފައި މިވަނީ އެ އޮ...

14 Oct 2021 | 07:46

ރަން ދިހަފަހެއް ނޫޓް ސީރީޒްގައި ހިމެނޭ 20 ރުފިޔާގެ ނޫޓު ޗާޕްކޮށްގެން ގެނެސްފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މަޢުލޫމާތު ދެއްވި ގޮތުގައި 20 ރުފިޔާގެ ނޫޓް ޗާޕް ކޮށްފައި މިވަނީ އެ އޮތޯރިޓީއިން ދިވެހިރާއްޖޭގެ މިނިވަންކަމަށް ބައިގަރުނުވީ ދުވަހާއި ދިމާކަށް އެކުލަވާލެވުނު ރަންދިހަފަހެއް ނޫޓް ސީރީޒްގެ ތެރެއިން 20 ރުފިޔާގެ ސްޓޮކް މަދުވުމުގެ ސަބަބުންނެވެ.

އެގޮތުން މިހާރު ޗާޕް ކުރެވުނު މި ނޫޓް ސީރީޒްގެ ސްޓޮކް ވަނީ ދަޢުލަތުގެ ޚަޒާނާގައި ރައްކާކޮށްފައެވެ.

އެމްއެމްއޭއިން ޗާޕް ކޮށް ރާއްޖޭގައި ބޭނުން ކުރަމުންދާ ފައިސާގެ ސްޓޮކް މަދުވުމުން ޗާޕް ކުރުމަކީ އަބަދުވެސް ކުރަމުން އަންނަ ކަމެކެވެ.

އެމްއެމްއޭއިން ނެރެފައިވާ ރަންދިހަފަހެއް ނޫޓް ސީރީޒްގައި ހިމެނެނީ 1000 ރުފިޔާ ހިމެނޭނެހެން 500 ރުފިޔާ އާއި 100 ރުފިޔާ އަދި 50 ރުފިޔާގެ އިތުރުން 20 ރުފިޔާ އަދި 10 ރުފިޔާގެ ނޫޓް ތަކެކެވެ. އަދި މި ނޫޓްތައް ފަރުމާ ކުރެވިފައިވަނީ ހަލާކު ނުވާނެހެން ޕޮލިމާ ކަރުދާހުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް