އިންޑޮނީޝިއާގައި އަނބިމީހާއަށް ވީވައުދާއި އެއްގޮތަށް އަމަލު ނުކުރާތީ ފިރިމީހާއަށް ވަރުގަދަ ލަނޑެއް ދިފި އެވެ.
ފިރިމީހާ ގޭގައި މަސް ޓޭންކެއް ބެހެއްޓުމަށް ފަހު ބުނެފައިވަނީ ވަރަށް ރީތިކޮށް ސާފުކޮށް ބަލަހައްޓާނެ ކަމަށެވެ. އެކަމަކު އެއްގޮތަކަށްވެސް އެވައުދާ އެއްގޮތަށް އަމަލު ނުކުރުމުން އަނބިމީހާ ވަނީ ދިން ލަނޑު ވީޑިއޯކޮށް ޓިކްޓޮކްގައި ހިއްސާކޮށްފަ އެވެ.
އެ ވީޑިއޯގައި ފެންނަނީ ޓޭންކު ތެރޭގައި މަހެއް އޮއްވަ އެވެ. ދެން ފެންނަނީ ނަގައިގެން ކަޓިން ބޯޑެއްގެ މަތީގައި ބާއްވާފައި އޭގެ ހުނބުޅުތައް ކަހާލާތަނެވެ. އެ ވީޑިއޯއަށް އިންޑޮނީޝިއާ ބަހުން އޭނާ ކުރަމުންދާ ކަމާއި އެހެން ހަދަން ޖެހުނު ސަބަބު ލިޔުމުން އަރުވަމުން ދެއެވެ.
އޭނާ ބުނީ މަސް ޓޭންކު ސާފު ކުރުމަށް އެދި ފިރިމީހާ ކައިރީ ދެއްކި ވާހަކައަށް ދިނީ ބީރު ކަންފަތެއް ކަމަށެވެ. އެހެންވެ އަމިއްލައަށް މަސް ޓޭންކު ސާފުކޮށްލަން ނިންމީ ކަމަށެވެ.
މަސް ތެލުލަން ޖެހުނު ސަބަބާއި ގުޅޭގޮތުން ބުނީ ފުރަތަމަ އުޅުނީ ޓޭންކު ސާފުކޮށްފަ މަސް އަލުން އޭގެ ތެރެއަށް ލާން ކަމަށެވެ. އެކަމަކު ޓޭންކުން މަސް ނަގައި ސާފުކޮށް ނިމުނު އިރު އޭތި މަރުވާން ކައިރިވެފަ އޮތުމުން މަރާލައި އެއްލާ ނުލާންވެގެން ތެލުލާލީ ކަމަށެވެ.
https://www.tiktok.com/@miakurniawan01/video/7016235474956160282?is_copy_url=1&is_from_webapp=v1
މި ވީޑިއޯ ޓިކްޓޮކްގައި މިހާރު ގާތްގަނޑަކަށް ދެ ލައްކައެއްހާ މީހުން ބަލައިފި އެވެ. އަދި މަސް ގެންގުޅުމަށް ލޯބި ކުރާ ބައެއް މީހުންވަނީ މަހަށް އެހެން ހެދުމުން ލޮލުން ކަރަނު އަންނަ ކަމަށް ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް