މިންޖުގެ ޝޫޓިންގ ނިމި، ޓީޒަރ ދައްކާލައިފި - ނުބަލާ ދޫކޮށްލާ ވަރެއް ނޫން

އައި ފިލްމްސް އާއި ކަޒްމިކް އިންޓަރނޭޝަނަލް ގުޅިގެން ތައްޔާރުކުރަމުން އަންނަ އެންތޮލޮޖީ ސީރީޒްގައި ހިމެނޭ މިންޖުގެ ޝޫޓިންގ ނިމި، ޓީޒަރ ދައްކާލައިފި އެވެ. "މަޒުލޫމް"ގެ ތިން ވަނަ ބައި "މިންޖު"ގެ ޓީޒަރ ގ...

14 Oct 2021 | 07:06

އައި ފިލްމްސް އާއި ކަޒްމިކް އިންޓަރނޭޝަނަލް ގުޅިގެން ތައްޔާރުކުރަމުން އަންނަ އެންތޮލޮޖީ ސީރީޒްގައި ހިމެނޭ މިންޖުގެ ޝޫޓިންގ ނިމި، ޓީޒަރ ދައްކާލައިފި އެވެ.

"މަޒުލޫމް"ގެ ތިން ވަނަ ބައި "މިންޖު"ގެ ޓީޒަރ ގައި ވެސް ދައްކުވައިދެނީ ގެވެށި އަނިޔާ ލިބެމުންދާ އަންހެނެއް ވާހަކަ އެކެވެ.

މިޗެޕްޓަރުގައި ދިވެހި ފިލްމީ ދާއިރާގައި މަޝްހޫރު އެކްޓަރ އަދި ޑައިރެކްޓަރ ރަވީ ފާރޫގް ހަރަކާތްތެރިވާ އިރު، ފިލްމީ ދާއިރާއަށް އަލަށް ތައާރަފްވާ ތާތި އާދަމް ވެސް ހިމެނެ އެެވ. އަދި ޗައިލްޑް އާޓިސްޓް ޒުވެއިލް އަލީ ތޯރިގް ވެސް މި ޗެޕްޓަރ އިން ފެނިގެންދާނެ އެވެ.

ކުރީގެ ޗެޕްޓަރތަކާ އެއްގޮތަށް މިޗެޕްޓަރ ވެސް ޑައިރެކްޓް ކޮށްފައިވަނީ އިލްޔާސް ވަހީދު (އިއްލެ) އެވެ.

މަޒްލޫމް ދައްކަނީ 4 ބަޔަކަށް ބަހާލައިގެން ބައިސްކޯފު އެޕުން ނެވެ. މިއީ މުޖުތަމައުގައި ހުންނަ އެކިއެކި ހާދިސާ ނުވަތަ މައްސަލަތަކަށް ބިނާކޮށް ހަދާފައިވާ ކުރު ފިލްމެކެވެ.

މަޒްލޫމްގެ ފުރަތަމަ ބައި ރޭޕް ކޭސްއެއްގެ ވާހަކައަކަށް ބިނާކޮަށްފައިވާ އިރު، "ޒައްރޫކް" ގެ ނަމުގައިުު ރިލީޒް ކުރި ދެވަނަބައިން ދައްކުވައި ދިނީ މައިންބަފައިންގެ ފަރާތުން އަޅައިލުން ލިބެންވާ ވަރަށް ނުލިބުނު ކުޑަ ކުއްޖަކަށް ދިމާވާ ނަފްސާނީ މައްސަލަތަކެއްގެ ވާހަކަ އެވެ.

މި ދެ ބަޔަށް ވެސް ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިފަ އެވެ.

https://www.youtube.com/watch?v=H6CbSn-Aqcs&t=5s

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް