މަޝްހޫރު ފިލްމީ ތަރި މަރިޔަމް އައްޒަގެ ފިރިމީހާ ފިލްމީތަރި އަދި ޕްރޮޑިއުސަރު އަބްދުﷲ މުއާޒު (މުއާ) އަށް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓްރީގެ ސީނިއަރ އެކްޒެކެޓިވް ޑިރެކްޓަރ ގެ މަގާމު ދީފި އެވެ.
އިތުބާރު ހުރި މަސްދަރަކުން ދުވަސްއެމްވީއަށް މިކަން ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.
ދުވަސްއެމްވީއަށް މައުލޫމާތު ދެއްވަމުން އެފަރާތުން ވިދާޅުވީ މުއާ އަށް ދެއްވީ މިނިސްޓްރީގެ މަގާމެއް ކަމަށާއި އެއީ ސިޔާސީ މަގާމެއް ކަމަށެވެ. އަދި މުއާ މަސައްކަތް ކުރައްވާނީ އެންސީއޭ ގައި ކަމަށެވެ.
އެކްޒެކްޓިވް ފެންވަރުގެ މަގާމުތަކަށް އައްޔަން ކުރައްވާ ބޭފުޅުންނަށް މުސާރައަކީ 25،000 ރުފިޔާ އެވެ.
މުއާ އެ މަގާމަށް އައްޔަން ކުރައްވާފައިވަނީ ކޮން ޕާޓީއެއްގެ ސްލެޓެއްްގައިކަން ހާމަވާގޮތް އަދިވަނީ ނުވެފަ އެވެ.
ހެރިޓެޖް އެންޑް އާޓްސް މިނިސްޓްރީގައި ސިޔާސީ މަގާމުތަކުގައި 21 ބޭފުޅަކު ތިއްބެވި އިރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ސިޔާސީ މަގާމުތައް މަދުކުރުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅެކެވެ.
މުއާ ސިޔާސީ މަގާމަކަށް އައްޔަން ކުރައްވާފައިމިވަނީ ރައީސް ސޯލިހަށް ތާއީދުކޮށް ސޯޝަލް މީޑިއާގައި ވާހަކަ ދައްކަމުން އަންނަތާ ދުވަސްކޮޅެއް ފަހުން ނެވެ.
މުއާ މީގެ ކުރުން ވެސް ވަނީ ޔޫތް މިނިސްޓްރީގެ ދަށުން އެންސީއޭ ހިންގިއިރު އެގްޒެކްޓިން ކޯޑިނޭޓަރުގެ މަގާމު އަދާކުރައްވާފަ އެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގަ އެވެ. އެ މަގާމުން އޭނާ ވަކިކުރީ 2018 ވަނަ އަހަރު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް