ރާއްޖެއިން ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި މީހުންގެ އަދަދު 393،413 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސި (އެޗްފީއޭ) ގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި މިހާރު ކުރިއަށް ގެންދާ ޤައުމީ ވެކްސިން ޕްރޮގްރާމްގެ ތެރެއިން މިމަހުގެ 12 ވީ އަންގާރަ ދުވަހުގެ ނިޔަލަށް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި މީހުންގެ އަދަދު ވަނީ 393،413 އަށް އަރާފައެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ވެކްސިންގް ދެވަނަ ޑޯޒު އަންގާރަ ދުވަހު 69 މީހަކަށް ޖަހައިދީފައިވެއެވެ. މީގެ ތެރެއިން 41 މީހުނަކީ މާލެ ސަރަހައްދުން ވެކްސިނުގެ ދެވަނަ ޑޯޒް ޖެހި މީހުނެވެ. އަދި އަތޮޅުތަކުން އެ ދުވަހު ވެކްސިންގެ ދެވަަނަ ޑޯޒު ފުރިހަމަ ކުރީ 28 މީހުނެވެ.
އަންގާރަ ދުވަހު 1،104 މީހަކު ވަނީ ކޮވިޑް ވެކްސިން ފުރަތަމަ ޑޯޒު ޖަހާފައެވެ. މީގެ ތެރެއިން 465 މީހުންނަކީ މާލެ ސަރަހައްދުން ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި މީހުންނެވެ. އަދި އަތޮޅު ތަކުން އެދުވަހު ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހީ 639 މީހުންނެވެ.
މިއާއެކު ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދުވަނީ 348،662 އަށް އަރާފައެވެ.
ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ކޯވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖަހާފާއިވާއިރު އެޗްޕީއޭ އިން ވެކްސިންގެ ބޫސްޓަރ ޑޯޒެއް ޖެހުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ރާއްޖޭގައި ކޮވިޑް ވެކްސިން ދިނުމަށް ބޭނުންކުރަނީ ސިނޮފާމް، އެސްޓްރަޒެނިކާ އަދި ފައިޒާ ވެކްސިނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް