ނޯވޭގައި ދުނިދަނޑިން ހަމަލާތަކެއްދީ ފަސް މީހަކު މަރާލައި، ބަޔަކު ޒަހަމްކޮށްލައިފި

ނޯވޭގައި މީހަކު ދުނިދަނޑިން ހަމަލާތަކެއްދީ ފަސް މީހަކު މަރާލައިފި އެވެ. މި ހާދިސާ ހިނގާފައިވަނީ އިއްޔެ އެ ގައުމަށް އިރުއޮއްސުނު ވަގުތު ކިންގްސްބާގްގެ ޓައުނެއްގައި އެވެ. އެމީހާ ދުނިދަނޑިން ހަމަލާދޭން ފ...

14 Oct 2021 | 02:48

ނޯވޭގައި މީހަކު ދުނިދަނޑިން ހަމަލާތަކެއްދީ ފަސް މީހަކު މަރާލައިފި އެވެ.

މި ހާދިސާ ހިނގާފައިވަނީ އިއްޔެ އެ ގައުމަށް އިރުއޮއްސުނު ވަގުތު ކިންގްސްބާގްގެ ޓައުނެއްގައި އެވެ. އެމީހާ ދުނިދަނޑިން ހަމަލާދޭން ފެށުމާއި ބަޔަކު ފުލުހުންނަށް ރިޕޯޓު ކުރުމުން ވަރަށް އަވަހަށް އެ ސަރަހައްދަށް ގޮސް ނޯވޭ ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފަ އެވެ.

އެ ވީ ވަގުތުގެ ތެރޭގައި އޭނާ ދުނިދަނޑިން ދެމުންދިޔަ ހަމަލާތަކުގައި ފަސް މީހަކު މަރުވެ ދެ މީހަކު ޒަހަމްވެފައިވެ އެވެ. މަންޒަރު ދުށް މީހުން ބުނީ ސުޕަމާކެޓެއް ހުރި އެ ސަރަހައްދުގައި އެމީހާ ހަމަލާން ދޭން ފެށިއިރު ގިނަ ބަޔަކު ތިބިކަމަށާއި އިތުރު އެތައް ބަޔަކަށް އަމާޒުކޮށްވެސް އެމީހާ ހަމަލާދިން ނަމަވެސް ހަމާޒު ނުވީ ކަމަށެވެ.

ފުލުހުން ބުނީ އެމީހާ ހައްޔަރުކޮށް ބަލާ ފާސްކުރި އިރު ހަމަލާދޭން އިތުރު ހަތިޔާރެއް ބޭނުން ކޮށްފައިވާކަން އެނގިފައި ނުވާ ކަމަށެވެ. އަދި އޭނާ ހަމަލާތައް ދީފައިވަނީ އެކަނި ކަމަށާއި ހަމަލާތަކުގެ ފަހަތުގައި އިތުރު މީހެއްގެ އަތެއްވާކަން ތަހުގީގަށް އަދި ނޭނގޭ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށާއި އެ ހަމަލާ އާއި ޓެރަރިޒަމް އާއި ގުޅުން ހުރިތޯވެސް ތަހުގީގުގައި ބަލާނެ ކަމަށް ބުނެފައިވެ އެވެ.

މިއީ 2011 ވަނަ އަހަރަށް ފަހު އެކަނި މީހަކު އެ ގައުމުގައި ދިން މިފަދަ ބިރުވެރި ފުރަތަމަ ހަމަލާ އެވެ.

އެފަހަރު ހައްދު ފަހަނައަޅާފައިވާ އެންޑާސް ބެހްރިންގް ކިޔާ މީހަކު ބަޑީގެ ހަމަލާތަކެއް ދީފައިވަނީ ޔޫތް ކޭމްޕަކަށް އަމާޒުކޮށެވެ. އެ ހަމަލާތަކުގައި ފުރާވަރު އުމުރުފުރާގެ 77 ކުދިން މަރާލާފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް