ސިއްރު ހެކި ބަހަކީ އިސްލާމީ ޝަރީއަތުގައި އޮންނަ އެއްޗެއް ނޫން: ރައީސް މައުމޫން

ސިއްރު ހެކި ބަހަކީ އިސްލާމީ ޝަރީއަތުގައި އޮންނަ އެއްޗެއް ނޫންކަމުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ. މައުމޫން މިހެން ވިދާޅުވީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ. "ކީރިތި ޤުރުޢާނުގ...

14 Oct 2018 | 15:30

ސިއްރު ހެކި ބަހަކީ އިސްލާމީ ޝަރީއަތުގައި އޮންނަ އެއްޗެއް ނޫންކަމުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

މައުމޫން މިހެން ވިދާޅުވީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ.

"ކީރިތި ޤުރުޢާނުގައިވެސް ކީރިތި ރަސޫލާގެ ސުންނަތުގައިވެސް އެއްވެސް އިމާމެއްގެ ބަސްފުޅުގައިވެސް ސިއްރު ހެކިބަހުގެ ވާހަކައެއް ނެތް" ރައީސް މައުމޫންގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

މައުމޫން މިހެން ވިދާޅުވެފައިވާއިރު އިންތިހާބު ބާތިލުކޮށްދިނުމަށްއެދި ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގާ ސިއްރު ހެކި ހުށަހަޅަން ބޭނުންވާކަމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން މިއަދުގެ އަޑުއެހުމުގައި ވަކާލާތު ކުރި ވަކީލުން އެދިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް