ރިޔާސީ އިންތިހާބު ބާތިލުކޮށްދިނުމަށް ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައިގެ މިއަދުގެ އަޑުއެހުން ނިންމާލައިފިއެވެ.
ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ހުށަހަޅާފައިވާ އެ މައްސަލައިގާ މިއަދުގެ އަޑުއެހުން ކުރިއަށްދިޔައިރު އިލެކްޝަންސް ކޮމިޝަނުން ޖަވާބުދާރީވެފައިވެއެވެ.
މިއަދުގެ އަޑުއެހުމުގައި އިލެކްޝަންސުން ބުނެފައިވަނީ އިންތިހާބު ބާތިލުކުރާނެ އެއްވެސް ތަނެއް ނެތް ކަމަށާއި މައްސަލައަކީ ހިޔާލީ މައްސަލައެއް ކަމަށެވެ.
މި މައްސަލައިގެ އަޑުއެހުމެއް މާދަމައަށްވެސް ތާވަލުކޮށްފައިވެއެވެ. މާދަމާގެ އަޑުއެހުން ތާވަލުކޮށްފައިވަނީ ހެނދުނު 10:30 އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް