މައްސަލަ އެހެން ގޮތަކަށް ނިންމުމުގެ ހައްގު ސުޕްރީ ކޯޓަކަށް ނެތް: ރައީސް ނަޝީދު

އިންތިހާބު މައްސަލަ އެހެން ގޮތަކަށް ނިންމުމުގެ ހައްގު  ސުޕްރީމް ކޯޓަކަށް ނެތްކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ނަޝީދު މިހެން ވިދާޅުވީ އިންތިހާބު ބާތިލު ކުރުމަށް ރައީސް ޔާމީންގ...

14 Oct 2018 | 09:47

އިންތިހާބު މައްސަލަ އެހެން ގޮތަކަށް ނިންމުމުގެ ހައްގު  ސުޕްރީމް ކޯޓަކަށް ނެތްކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ އިންތިހާބު ބާތިލު ކުރުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައި އެ މައްސަލައިގެ ޝަރީއަތް މިއަދު ފަށާފައިވާއިރު ނަޝީދު ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި ނަޝީދު ވިދާޅުވެފައިވަނީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ދިވެހިން ވަނީ އިބްރާހިމް މުހައްމަދު ސާލިހް ދިވެހިންގެ ރައީސަކަށް އިންތިހާބު ކޮށްފައި ކަމަށާއި އެ ނިންމުން ބަދަލު ގެނައުމަށް އުސޫލުތަކާ ހިލާފަށް ސުޕްރީމް ކޯޓަށް ވަނީ މައްސަލަ ބަލައިގެންފައި ކަމަށެވެ.

އިންތިހާބު ބާތިލު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން މައްސަލަ ބަލައިގަނެ މިއަދު އަޑުއެހުންތައް ފަށާފައިވާއިރު ރިޔާސީ އިންތިހާބުގައި ބޮޑު ތަފާތަކުން ރައީސް ޔާމީން ބަލިވެވަޑައިގަތުމުން އެންމެ ފުރަތަމަ ނަތީޖާ ގަބޫލުފުޅު ކުރެއްވިއެވެ. ނަމަވެސް ފަހުން ބުނެފައިވަނީ ވޯޓާ ކުޅެފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް