ރައީސް ޔާމީން ބޮޑާހާކާނަމަ މައިތިރިކުރަން ދުނިޔެ އޮތީ ތައްޔާރަށް ކަމުގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި ޑރ. ޖަމީލް ވިދާޅުވެފައިވަނީ ރައްޔިތުންގެ ނިންމުން ބާތިލު ކުރެވޭނެ އެއްވެސް ހުއްޖަތެއް ސުޕްރީމް ކޯޓަށް ރައީސް ޔާމީން ހުށަހަޅުއްވާފައިނުވާކަމަށެވެ.
"އީސީއިން ރިޔާސީ އިންތިހާބު ބާއްވާފައިވަނީ އެއްޗެއް ޝަކުވާއަކަށް ޖާގައެއް ނެތްގޮތަށް" ޑރ. ޖަމީލްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
ޑރ. ޖަމީލްގެ ޓްވީޓްގައި އިތުރަށް ވިދާޅުވެފައިވަނީ ރައީސް ޔާމީން މައިތިރި ނުވާނަމަ (ގައުމުތަކުން) ވަރުގަދަ ފިލާވަޅެއް ދޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް