ރިޔާސީ އިންތިހާބުގެ ވޯޓު އޮޅުވާނުލިނަމަ ރައީސް ޔާމީނަށް 65 ޕަސެންޓު ވޯޓު ލިބޭނެކަމުގައި ޕީޕީއެމްގެ ނައިބުރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވީ ޕީޕީއެމްއިން ކުރިއަށްގެންދާ މުޒާހަރާތަކުގެ ތެރެއިން ރޭ ބޭއްވި މުޒާހަރާގައި ވާހަކަދައްކަވަމުންނެވެ.
އަދުރޭ ވިދާޅުވީ ޕީޕީއެމް އިން އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނީ ރައްޔިތުންގެ ހައްގުގައި ކަމަށެވެ. ރައްޔިތުންގެ ހައްގުގައި ކޮންމެ ކަމެއް ކުރެއްވުމަށްވެސް ރައީސް ޔާމީން ހުންނެވީ ތައްޔާރަށް ކަމުގައި އަދުރޭ ވިދާޅުވިއެވެ.
"ރައްޔިތުން އަދިވެސް ބޭނުންވަނީ ރައީސް ޔާމީން ގެނެސްދެއްވި ތަރައްގީއާއެކު ކުރިއަށްދާން، އިންތިހާބު ސައްހަ ކަމާއެކު ކުރިއަށްދިޔަނަމަ އެމަނިކުފާނަށް 65 ޕަސެންޓު ލިބޭނެ" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ އިތުރަށް ވިދާޅުވީ ޕީޕީއެމްއަށް ވޯޓު ދެއްވި ހުރިހާ ސަޕޯޓަރުން އެގޮތުގައި ދެމި ތިބުމަށް އެދިލައްވާކަމަށާއި ރައްޔިތުންގެ ހައްގުތަކަށް އިންސާފު ހޯދައިދިނުމަށް ޕީޕީއެމްއިން ކުރާ މަސައްކަތްތައް ކާމިޔާބުވާނެކަމުގައި އުންމީދު ކުރައްވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް