ގަދަ ބާރުން ރައްޔިތުންގެ ހައްގު ނިގުޅައިގަންނަތަން ބަލަން ރައްޔިތުން ނުތިއްބަވާނެކަން ކަށަވަރު ކަމުގައި ޝައިޚް އިލްޔާސް ހުސެއިން ވިދާޅުވެއްޖެއެވެ.
ޝައިޚް މިހެން ވިދާޅުވެފައިވަނީ ކީރިތި ޤުރުޢާނުގެ އާޔަތަކާއެކު ކުރައްވާފައިވާ ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި އިލްޔާސް ވިދާޅުވެފައިވަނީ ރައްޔިތުން އަނިޔާވެރިކަމާއި ހިޔާނާތާއި އަޅުވެތިކަމާއި ދެކޮޅަށް ވަރަށް ސާފުކޮށް ނޫނެކޭ ބުނެފައިވަނިކޮށް ގަދަ ބާރުން ނުފޫޒުގެ ބޭނުންކޮށްގެން ރައްޔިތުންގެ ހައްގު ނިގުޅައިގަންނަތަން ބަލަން ރައްޔިތުން ނުތިއްބަވާނެކަން ކަށަވަރު ކަމަށެވެ.
https://twitter.com/ilyaasipa/status/1051306351698370565?ref_src=twsrc%5Etfw
"ޔާ ﷲ މި އަނިޔާވެރިކަމުން އަޅަމެން ރައްކާތެރިކުރައްވާންދޭވެ. އާމީން" އިލްޔާސްގެ ޓްވީޓްގައި ދުއާ ކުރައްވާފައިވެއެވެ.
އިލްޔާސް މިހެން ވިދާޅުވެފައިވާއިރު 23 ސެޕްޓެމްބަރުގައި ބޭއްވި ރިޔާސީ އިންތިހާބު ބާތިލު ކުރުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް މައްސަލައެއް ވަނީ ހުށަހަޅާފައެވެ. މި މައްސަލަ ހުށަހަޅާފައިމިވަނީ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ބޮޑުތަނުން ބަލިވުމުން އެ ނަތީޖާ ގަބޫލުފުޅު ކުރެއްވުމަށްފަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް