އިމާރާތަކުން ބޮލަށް ބުރުމާކައްޓެއް ވެއްޓުނު ކުއްޖަކަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެނީ

ހަދަމުންދާ އިމާރާތަކުން  ބޮލަށް ބުރުމާ ކައްޓެއް ވެއްޓުނު ކުއްޖަކަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުން އެބަ ދެ އެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މެންދުރު 2:...

14 Oct 2015 | 12:13

ހަދަމުންދާ އިމާރާތަކުން  ބޮލަށް ބުރުމާ ކައްޓެއް ވެއްޓުނު ކުއްޖަކަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުން އެބަ ދެ އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މެންދުރު 2:44 ހާއިރު މ.ކާދު ގޭގެ ހަވަނަ ބުރީގެ ފެންލައިޓެއް ކެނޑުމުގެ މަސައްކަތް ކުރަމުންދަނިކޮށް ބުރުމާ ކައްޓެއް ވެއްޓި 16 އަހަރުގެ ކުއްޖެއްގެ ބޮލުގައި ޖެހި ބޯ ފަށައިގެން ގޮސްފައިވާ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވާކަަށެވެ.

އެކުއްޖާ އައިޖީއެމް ހޮސްޕިޓަލަށް ގެންދެވި ފަރުވާ ދެމުން އަންނަ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.

މި ހާދިސާގައި ޒަހަމްވެފައިވަނީ އަންހެން ކުއްޖެކެވެ. މި ކުއްޖާއަށް އައިޖީއެމް ހޮސްޕިޓަލްގެ އެމަޖެންސީފައި ފަރުވާދެމުން އަންނައިރު މި ކުއްޖާގެހާލު ސްޓޭބަލް ކަމަށް އެ ހޮސްޕިޓަލުން ހާމަކުރެ އެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް