ބަނޑުހައިހޫނުކަމުގެ ސަބަބުން އަހަރަކު 3.1 މިލިއަން ކުޑަކުދިން މަރުވޭ

ބަނޑުހައިހޫނުކަމުގެ ސަބަބުން އަހަރެއްގެ މައްޗައް 3.1 މިލިއަން ކުޑަކުދިން މަރުވާކަމަކަށް ރިޕޯޓުތަކުން ދައްކައިފިއެވެ. ގްލޯބަލް ހަންގާ އިންޑެކްސް ރިޕޯޓްއިން ދައްކާގޮތުގައި ހަތްސަތޭކަނުވަދިހަފަސް މިލިއަނ...

14 Oct 2015 | 10:19

ބަނޑުހައިހޫނުކަމުގެ ސަބަބުން އަހަރެއްގެ މައްޗައް 3.1 މިލިއަން ކުޑަކުދިން މަރުވާކަމަކަށް ރިޕޯޓުތަކުން ދައްކައިފިއެވެ.

ގްލޯބަލް ހަންގާ އިންޑެކްސް ރިޕޯޓްއިން ދައްކާގޮތުގައި ހަތްސަތޭކަނުވަދިހަފަސް މިލިއަން މީހިން ބަނޑުހައި ހޫނުކަމާއި ހަނގުރާމަ ކުރަމުންދެއެވެ. އަދި ދުނިޔޭގެ ކޮންމެ ނުވަ މީހަކުން އެކަކީ ހަށިގަނަޑަށް ބޭނުންވާ އަސާސީ މައުދަންތައް ނުލިބޭ މީހެކެވެ.

މި ރިޕޯޓު ބުނާގޮތުން ބަނޑުހައި ހޫނުކަން އިތުރުވާ އަދި ބަނޑުހައި ހޫނުކަމާ ހަނގުރާމަކުރަން އުނދަގޫވާ އެންމެ ބޮޑު ސަބަބަކަށްވެފައިވަނީ ސިޔާސީ ހަމަނުޖެހުމާއި ދާހިލީ ހަނގުރާމަތަކެވެ.

ބަނޑުހައިހޫނުކަން އެންމެ ބޮޑު ދިހަ ގައުމުތަކުގެ ތެރޭގައި ހިމެނޭ އަފްގާނިސްތާން ޔަމަން އަކީ ދާހިލީ ހަނގުރާމަތަށް ހިނގަމުން ދިއުމުގެ ސަބަބުން ބަނޑުހައި ހޫނުކަމުގެ މައްސަލަ ބޮޑުވެފައިވާ ދެގައުމެވެ. އަދި ޒަންބިއާއާއި މަޑަގަސްކަރައަކީ ސިޔާސީ ހަމަ ނުޖެހުމުގެ ސަބަބުން ބަނޑުހައި ހޫނުކަން ބޮޑުވެފައިވާ ދެގައުމެވެ. އިތިއޯޕިއާއާއި ރުވާންޑާގެ ސިޔާސީ ހަމަނުޖެހުން 1990 އިން 2000 އާއި ދޭތެރޭގައި ދަށަށް ދިޔުމާއި ގުޅިގެން އެދެ ގައުމަގެ ބަނޑުގައި ހޫނުކަމުގެ މައްސަލަވެސް ކުޑަވަމުން އަންނަ ކަމަށް މިރިޕޯޓުން ދައްކައެވެ.

މި ރިޕޯޓުން އިތުރަށް ދައްކާގޮތުގައި ތަރައްގީވަމުން އަންނަ ފަންސާސް ގައުމެއްގައި  އަށް ލައްކައަށްވުރެ ގިނަމީހުން ބަނޑުގައިހޫނުކަމާއި ހަނގުރާމަކުރެއެވެ. ނަމަވެސް މިދިޔަ އަހަރު މިހާލަތު ވަނީ ކުރިއަށް ވުރެ ރަނގަޅުވެފައެވެ. ބަނޑުހައިހޫނުކަމުގެ މައްސަލައަށް މީހުން ހޭލުންތެރިކުރުވުމުގެ ގޮތުން ގްލޯބަލް އިނޑެކްސް ރިޕޯޓު ވަނީ މިއަހަރު ދިހަ ފަހަރަށް ނެރެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް