ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ނޭޕާލްގެ ބޮޑުވަޒީރުކަމަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި ކޭ.ޕީ. ޝަރްމާ އޮލީއަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ނޭޕާލްގެ އާ ބޮޑުވަޒީރަށް މަރްޙަބާ ވިދާޅުވެ، ހެޔޮއެދުންތައް ފޮނުއްވާފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ނޭޕާލްގެ ބޮޑުވަޒީރުކަމުގެ މުހިންމު މަސްޢޫލިއްޔަތު އަދާކުރެއްވުމުގައި، ކޭ.ޕީ. ޝަރްމާ އޮލީއަށް ކާމިޔާބަށް އެދިވަޑައިގެން ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ. އަދި، ބޮޑުވަޒީރު ކޭ.ޕީ. ޝަރްމާ އޮލީގެ ދައުރުގައި ނޭޕާލަށް އިތުރު ކުރިއެރުމާއި ފާގަތިކަން ލިބިގެންދާނެކަން ޔަޤީން ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާކަމަށްވެސް ރައީސް އޮފީހުން ހާމަކުރައްވައެވެ.
ރައީސް އޮފީހުން އިތުރަށް ވިދާޅުވީ މި މެސެޖުގައި ދިވެހިރާއްޖެއާއި ނޭޕާލާ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ރައްޖޭގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް