ދިވެހި ގައުމަށް މިއަދު ދިމާވެފައިވަނީ ކިހާވަރެއްގެ ނުރައްކާތެރި ކަމެއްތޯ ރައީސް ޔާމީން ވިދާޅުވާ ޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގަ އެވެ. މިހެން ވިދާޅުވި ޓްވީޓްގެ އިތުރުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ދައުރު މެދަކާ ހަމައަށް ނުދަނީސް ދެ ނައިބު ރައީސުންނާއި ދެ ޑިފެންސް މިނިސްޓަރުން މިހާތަނަށް އައްޔަން ކުރައްވާފައިވާއިރު މިކަމުން ރައީސް ޔާމީންގެ ހިންގުންތެރިކަން ހުރިގޮތް ހާމަވާ ކަމަށެވެ.
ނައިބު ރައީސްގެ މި ޓްވީޓަކީ ޑިފެންސް މިނިސްޓަރުގެ މަގާމުގައި ހުންނެގި މޫސާ އަލީ ޖަލީލު އެ މަގާމުން ވަކި ކުރެއްވުން ކުރެއްވި ޓްވީޓެއް ކަމުގައި ބެލެވެ އެވެ. ޑިފެންސް މިނިސްޓަރު ވަކި ކުރައްވާފައިވަނީ މިރޭގެ ވަގުތެއްގަ އެވެ. ވަކި ކުރި ސަބަބެއް ރައީސް އޮފީހުން ހާމަކުރައްވާފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް