ޑިފެންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި މެޖާ ޖެނެރަލް ރިޓަޔަޑް މޫސާ އަލީ ޖަލީލެ އެ މަގާމުން މިއަދު ވަކި ކުރައްވައިފި އެވެ.
އެކަން ހާމަކޮށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ "ރައީސުލްޖުމްހޫރިއްޔާ، ޑިފެންސް މިނިސްޓްރީގެ މަގާމުގައި ހުންނެވި މޫސާ އަލީ ޖަލީލު އެ މަގާމުން ވަކި ކުރައްވައިފި" ކަމަށެވެ.
https://twitter.com/SpokespersonMV/status/654042508578525184
މިކަމާބެހޭ އެއްވެސް އިތުރު ތަފްސީލެއް ތަރުޖަމާނު ހާމަ ކުރައްވާފައެއް ނުވެ އެވެ.
ޑިފެންސް މިނިސްޓަރު ކަމަށް މޫސާ އަލީ ޖަލީލު އައްޔަން ކުރެއްވީ މި އަހަރު ޖެނުއަރީ 20 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް