މާޝްމެލޯއެއް ދޭނެކަމަށްބުނެ އަށް އަހަރުގެ އަންހެންކުއްޖަކު ފަޅު ގެއަކަށް ގެންގޮސް ރޭޕު ކުރިކަމަށްބުނާ މައްސަލައެއް !

މާޝްމެލޯއެއް ދޭނެކަމަށްބުނެ އަށް އަހަރުގެ އަންހެން ކުއްޖަކު ފަޅު ގެއަކަށް ގެންގޮސް ރޭޕުކުރިކަމަށްބުނާ މައްސަލައެއް ތަހުގީގު ކުރަން ފަށައިފިއެވެ. މިރޭ މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނ...

14 Sep 2024 | 17:34

މާޝްމެލޯއެއް ދޭނެކަމަށްބުނެ އަށް އަހަރުގެ އަންހެން ކުއްޖަކު ފަޅު ގެއަކަށް ގެންގޮސް ރޭޕުކުރިކަމަށްބުނާ މައްސަލައެއް ތަހުގީގު ކުރަން ފަށައިފިއެވެ.

މިރޭ މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ South Central Police (މ، ފ، ދ، ތ އަދި ލ އަތޮޅު) ގައި ހިމެނޭ ރަށެއްގައި 18 އަހަރުންދަށުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިއަދުގެ ވަގުތެއްގައި ރިޕޯޓުކޮށްފައިވާކަމަށެވެ.

"މި މައްސަލަ ފުލުހުންނާއި ޖެންޑާއިން ދަނީ ތަހުގީގު ކުރަމުން" ފުލުހުން ބުނެފައިވެއެވެ.

ކުޑަކުދިންނާއި ގުޅޭ މިފަދަ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކަކަށްވާތީ ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރި ކުރުމުގެ ގޮތުން ކުއްޖާގެ އަތޮޅާއި ރަށް ފުލުހުން ހާމައެއް ނުކުރެއެވެ.

ދުވަހަށް މައުލޫމާތުދެމުން، މިކަން ހިނގި ރަށުން ވާހަކަދެއްކި މީހަކު ބުނީ ރަށުތެރޭގައި ވާހަކަ ދެކެވޭގޮތުގައި އެ އަންހެން ކުއްޖާ ފަޅުގެއަކަށް ގެންދިޔައީ މާޝްމެލޯއެއް ދޭނެކަމަށްބުނެ ކަމަށާއި އަދި އެ އަމަލު ހިންގި ކަމަށް ތުހުމަތު ވަނީ އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖަކަށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް