ބުދަ ދުވަހު މާލޭގައި ސައިކަލެއްގެ މަޑިދަށުން ހަތަރު ލައްކައަށްވުރެ ގިނަ ރުފިޔާ ވަގަށްނެގިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހާގެ ވަނަވަރު ފުލުހުން މިރޭ ހާމަކޮށްފިއެވެ.
މި މައްސަލައިގާ ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝް އަށް ނިސްބަތްވާ ރައްޔިތެއް ކަމުގައިވާ، އުމުރުން 45 އަހަރުގެ ޖަހަންގިރު އާލަމް އެވެ.
ފުލުހުން ބުނެފައިވަނީ ބުރުޒުމަގުގައި ހުންނަ ހަބީބް ކެފޭ ކައިރީގައި ހުރި ސައިކަލެއްގެ މަޑިދަށުން ހަތަރު ލައްކައަށްވުރެ ގިނަ ރުފިޔާ ވަގަށްނަގާފައިވާމައްސަލައިގެ ތުހުމަތުގައި ޖެހިގެންއައި ދުވަހު ކޯޓު އަމުރެއްގެ ދަށުން ޖަހަންގިރު ހައްޔަރުކޮށްފައިވާއިރު އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް