ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ އެކޮމޮޑޭޝަނަކުން ގިނަ އަދަދެއްގެ ފޯނާއި ވޮލެޓުތަކެއް ވަގަށްނެގިކަމުގެ ތުހުމަތުގައި ޒުވާނަކު ހައްޔަރުކޮށްފިއެވެ.
ހައްޔަރުކޮށްފައިވަނީ ރ. މީދޫ، ނަސީމީގޭ، އުމުރުން 29 އަހަރުގެ މުހައްމަދު ޝާފީއެވެ.
ފުލުހުން ބުނެފައިވާގޮތުގައި ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ އިންޑަސްޓްރިއަލް ޒޯންގައި ބޭރު މީހުން ދިރިއުޅޭ އެކޮމޮޑޭޝަނަކުން ވައްކަންކުރި މައްސަލަ ފަތިހު ރިޕޯޓުކޮށްފައިވާކަމަށާއި ތުހުމަތުގައި ހައްޔަރުކުރި ޝާފީގެ އަތުން ހަތް ފޯނާއި ޕަވަރ ބޭންކަކާއި ދެ ވޮލެޓު ފެނިފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް