ދެވަނަ ފިޔަވަހީގައި ހިނގި ރޭސްކާރު އެކްސިޑެންޓާ ގުޅޭ ތިން މީހުންގެ މައްޗަށް ދައުވާކުރުމަށް ފޮނުވައިފި

ޖުލައި މަހު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގަވާއިދާ ޚިލާފަށް ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ކާރެއް، ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓާއި ގުޅިގެން ހައްޔަރުކުރި ތިން މީހުންގެ މައްޗަށް ދައުވާ ކުރުމަށް ...

14 Sep 2024 | 14:37

ޖުލައި މަހު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގަވާއިދާ ޚިލާފަށް ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ކާރެއް، ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓާއި ގުޅިގެން ހައްޔަރުކުރި ތިން މީހުންގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވައިފިއެވެ.

އެ ތިން މީހުންނަކީ ކ. މާލެ، ހ. ނޫރަންމާގެއާގެ، އިކްރާމުއްރަހްމާން އާއި ކ. މާލެ، މ. ލޭންޑްއޮފްގާރޑްން އިބްރާހިމް އިކްރާމްގެ އިތުރުން ޖިނާހް އިސްމާއިލްއެވެ.

އެގޮތުން ފުލުހުން މިއަދު ބުނެފައިވަނީ ޖުލައި 31 ވަނަ ދުވަހު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވިނަރެސް ފްލެޓް ކައިރިން ރޭސް ކާރެއް ކޮންޓްރޯލް ނުވެ ހިނގާފައިވާ ނުރައްކާތެރި އެކްސިޑެންޓްގައި ތުހުމަތު ކުރެވޭ ތިން މީހުންނަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މިއަދު މައްސަލަ ބަލައިގެންފައިވާކަމަށެވެ.

އެ އެކްސިޑެންޓްގައި ޒުވާނަކު ސައިކަލެއްގެ މަތީގައި އިންދާ ބާރު ސްޕީޑްގައި ދުއްވި ރޭސް ކާރުން ޖެހި އެ ޒުވާނާ ވިއްސައިގެން ގޮސް ބޮޑެތި އަނިޔާތަކެއް ލިބިފައިވެއެވެ.

އަނިޔާވި 27 އަހަރުގެ ޒުވާނާގެ ގައިގެ ތަންތަން ހަން މަށައިގެން ދިއުމުގެ އިތުރުން މޫނުމަތިން ބައެއް ކަށިތައް ބިންދައިގެން ގޮސްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް